ރާއްޖޭގެ ކަނޑުތަކުގެ މާހައުލުގެ ދެމެހެއްޓުން އިތުރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފިޝަރީސް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރގެ ޕޯސްޓުގަައި ވިދާޅުވީ ކަނޑުތަކަކީ ހަމައެކަނި ރާއްޖޭގެ ނޫ އިޤްތިޞާދުގެ ބައެއް ނޫންކަމަށާއި، އެއީ ރާއްޖޭގެ އިޤްތިޞާދާއި، ސަގާފަތާއި، ދިރިއުޅުމުގެ އެއް ބައި ކަމަށެވެ.
އެހެންކަމުން ކަނޑުތަކުގެ ދެމެހެއްޓުން ކަށަވަރުކުރުމަކީ އިޚްތިޔާރެއް އޮތް ކަމެއް ނޫންކަމަށާއި އެއީ ކޮންމެހެން ބޭނުންވާކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން 8 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ "ވޮންޑަރ: ސަސްޓެއިނިން ވަޓް ސަސްޓެއިންސް އަސް" އެވެ.
ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ 99 އިންސާއްތައަކީ ކަނޑުގެ ސަރަހައްދެވެ. ދިވެހި ކަނޑުތަކަކީ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު