އީފާސް އެޕްލިކޭޝަން-
އީފާސް އެޕްލިކޭޝަން-
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢުގެ ދަށުން ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކޮށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އަދި ވީހާވެސް ހާމަކަންބޮޑުގޮތެއްގައި ކަންކަންކުރުމަށް ނިންމާފައި ވާތީ މި ބިލާއި ގުޅޭގޮތުން ލިބޭ ހުރިހާ ޚިޔާލެއްވެސް އާންމު ކުރާނެެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ޤާނޫނީ ގޮތުން ހުއްދަކުރާ މިންވަރަކަށް ބަލައި، ޚިޔާލު ހުށަހަޅާއިރު އެފަރާތްތަކުގެ ކޮމެންޓްތަކުގައި ހިމެނޭ ވަކި މަޢުލޫމާތުތަކެއް ސިއްރުކުރަން އެދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން މަޢުލޫމާތެއް ސިއްރުކުރަން އެދޭނަމަ އެ މަޢުލޫމާތުތައް ސިއްރުކުރަން ބޭނުންވާ ސަބަބުތައް ބަޔާން ކުރަން ވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ މި ބިލަށް ޚިޔާލު ހުށަހަޅާއިރު ފޮނުވާ ކޮންމެ ލިޔުމެއް ނުވަތަ ހުށަހެޅުމެއްވެސް ޝާއިޢުކުރުމުގެ އިޚްތިޔާރު ހޯމް މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުގެ އެހީގައި، 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން