އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، މިހާތަނަށް ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު ކޭހެއް، ނުވަތަ ބަލިޖެހިފައިވާ މީހަކު ފާހަގަ ވެފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މި ބަލީގެ ކޭހެއް ރާއްޖެއިން ފެނުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިކަމަށާއި، އެ މަސައްކަތް އަދިވެސް ކުރިއަށް ދާކަމަށެވެ.
މިހާތަނަށް އަދި އިތުރު ކޭހެއް ފާހަގަނުވާ ކަމަށާއި، ކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ މި ބަލި ޖެހުނު މީހާ ދެނެގަނެވުމުން، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މިހާރު މަސައްކަތް ކުރަމުން ދާކަމަށެވެ.
އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސީރިއަސް ބައްޔެކެވެ. މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ބޮލުގައި ރިއްސުން ހިމެނެއެވެ. އަދި ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެއެވެ.
މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގައި ކަމްށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރުމުން ކަމަށްވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު