މިމަހު 17 ގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ސޮރީ" ގެ ކާމިޔާބީ ފާހަގަކޮށް ތީމް ލަވަ އަދި ބީޓީއެސް ނެރުން މިމަހު 13 ގައި އޮލިމްޕަހުގައި އޮންނާނެއެވެ.
ސޮރީގެ ޓީމުން ބުނީ މި ފިލްމުގެ "ޕްރީ ރިލީޒް ސަކްސެސް" ފާހަގަ ކުރުމަށްޓަކައި ވަރަށް ހާއްސަ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓު އޮންނާނީ 13 ޖޫން ވާ ހުކުރު ދުވަހުގެ ރޭގަނޑު 21:00 ގައެވެ.
ފިލްމު ނެރުމުގެ ކުރިން ޓިކެޓު ވިއްކުމަށް ހުޅުވާލުމާއެކު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ މި ފިލްމަށް ލިބިފައެވެ. އެގޮތުން މިހާރު ވިއްކަމުން ދަނީ "ސޮރީ" ގެ 15 ވަނަ ޝޯގެ ޓިކެޓެވެ. މިއީ ވަރަށް ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީއެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ވަނީ ބުނެފައެވެ.
ނަހޫގެ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލުވި ފިލްމު "ޔޫސުފް" އޮލިމްޕަހުގައި އެޅުވުމުގެ ކުރިން އެ ފިލްމުގެ 17 ޝޯގެ ހައުސްފުލް ވެފައިވާއިރު، ނަހޫގެ އަމާޒަކީ "ޔޫސުފް" ގެ ރިކޯޑު މުގުރާލުމެވެ.
"ޖޫން 17 ގައި 'ސޮރީ' އަޅުވާއިރު މި ރިކޯޑު މުގުރާލެވޭނެކަމުގެ ޔަގީންކަން މިހާރު ވަނީ ބޮޑުވެފަ" ނަހޫ ބުނެފައި ވެއެވެ.
ހުކުރު ދުވަހު ބާއްވާ މި އިވެންޓުގައި ސޮރީގެ ބިހައިންޑް ދަ ސީންތައް ލޯންޗުކުރުމަށް ހަމަޖެހިފައިވާ ކަމަށް "ސޮރީ" ގެ ޓީމުން ވަނީ ބުނެފައެވެ. އަދި ފިލްމުގެ ތީމް ލަވަވެސް ނެރުމަށް ހަމަޖެހިފައިވާކަމަށް ފިލްމުގެ ޓީމުން ބުނެފައި ވެއެވެ.
ނަހޫ ބުނީ މި އިވެންޓު އޮލިމްޕަހުގައި ބާއްވާނީ އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ. އަދި މި އިވެންޓުގައި 4426 ހިލޭ ސްކްރީނުން ބަލާލެވޭނެ ކަމަށްވެސް ނަހޫ ވަނީ ބުނެފައެވެ. އެހެންނަމަވެސް، ރަނގަޅު ސީޓު ބޭނުންވާނަމަ ކުރިން ސީޓު ބުކް ކުރުމަށް ނަހޫ ވަނީ އެދިފައެވެ.
ދިވެހި ފިލްމީ ދާއިރާގައި ނަންވިދާ ތަރިން ހިމަނައިގެން އުފައްދާ މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމު ނެރޭ ދުވަސް ކުޑަތަން ވަމުން އަންނައިރު، ސޮރީގެ ޓީމުން ވަނީ ދާދިފަހުން ވަރުގަދަ "އިމޯޝަނަލް ޑެމޭޖް" އިންޒާރެއްވެސް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު