ޗައިނާގެ އެހީއާއެކު އެޅުމަށް ހަމަޖެހިފައިވާ ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޖުލައި މަހު ޗައިނާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ ކައުންސިލުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ތެރެއިން 50 ރަށެއްގައި މުޅިން އަލަށް ކައުންސިލް އިމާރާތްތައް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ މަޝްރޫއުގެ ފީސިބިލިޓީ ހަދަން އަންނަ މަހު ޗައިނާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރާއި ރާއްޖެއާ ދެމެދު މިދިޔަ މަހު ފަހުކޮޅު ވަނީ ސޮއިކޮށްފައެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކައުންސިލް އިދާރާތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ޒަމާނީ ފެންވަރަށް އައު އޮފީސް އިމާރާތްކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު