ބޮލީވުޑްގެ ފިލްމީތަރި ރާޖްކުމާރު ރާއޯ އޭނާގެ ގޭންގްސްޓާ ތްރިލާ މާލިކް ރިލީޒް ކުރުމަށް ތައްޔާރުވަމުން ދާއިރު، އޭނާ މިހާރު ވަނީ އޭނާގެ ދެން އޮތް ޕްރޮޖެކްޓްވެސް ލޮކްކޮށްފަ އެވެ.
އެގޮތުން ރާޖްކުމާރު ރާއޯ ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ނެޓްފްލިކްސްގެ ކުރިއަށް އޮތް ޑާކް ކޮމެޑީ ފިލްމަކުންކަމަށް ރިޕޯޓުތައް ބުނެއެވެ.
މިފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވިނަމަވެސް މި ފިލްމުގައި ރާޖްކުމާރު ރާއޯ، ފިލްމުގެ ލީޑް އަދި ކޯ ޕްރޮޑިއުސަރ އެއްގެ ގޮތުގައި ހަރަކާތްތެރިވާނެކަމަށްވެސް ރިޕޯޓުތައްބުނެއެވެ.
މި ޕްރޮޖެކްޓްގެ ޝޫޓިން މި މަހު މުމްބާއީގައި ފެށުމަށް ހަމަޖެހިފައިވާކަމަށްވެ އެވެ.
ނެޓްފްލިކްސްގެ މި ޕްރޮޖެކްޓް އިއުލާންކޮށްފައިވާއިރު، މިހާރު ޕްރީ ޕްރޮޑަކްޝަންގައި އޮތް ސޯރަވް ގަންގޫލީގެ ބައޮޕިކްގައި ރާޖްކުމާރު ރާއޯގެ ރޯލަށް، އޭނާގެ ގިނަ ފޭނުން ދަނީ އިންތިޒާރު ކުރަމުންނެވެ.
މީގެއިތުރުން، ރާޖްކުމާރު ރާއޯ އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ޖުލައިމަހު ބޮޑު ސްކްރީނަށް ރިލީޒްކުރަން ހަމަޖެހިފައިވާ ހިންދީ ފިލްމު މާލިކް އިންނެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ޖުލައި 11 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު