ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު އަވަހާރަވުމުން އޭނާގެ އާއިލާއަށް ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ތައުޒިޔާ ވިދާޅުވަމުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރަޝީދަކީ ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް އެކުގައި ކުރެއްވި ލޮބުވެތި އަޚެއް ކަމަށެވެ.



ރަޝީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އައިޖީއެމްއެޗްގައެވެ. އޭނާގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިއަދުގެ މަޣުރިބު ނަމާދަށް ފަހުއެވެ.

‎މަޖިލީހުގެ މެންބަރުކަމަށް 2019 ވަނަ އަހަރު ރަޝީދު ވަޑައިގަތީ ޕީޕީއެމްގެ ޓިކެޓްގައެވެ. އޭނާ ވަނީ އެ ޕާޓީއަށް މުހިންމު ހިދުމަތްތަކެއް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން