ރައީސް ޞާާލިޙް، ކޯވިޑް-19 އާއި ގުޅިގެން އުފައްދަވާފައިވާ ޓާސްކްފޯސްއާއިއެކު
ރައީސް ޞާާލިޙް، ކޯވިޑް-19 އާއި ގުޅިގެން އުފައްދަވާފައިވާ ޓާސްކްފޯސްއާއިއެކު
މިއީ ޞިއްޙީ ޚިދުމަތްތެރިންގެ ފުރިހަމަ ޚިދުމަތާއި ހިތްވަރު ވަރަށް ފުރިހަމައަށް ފެންނަމުންދާ ވަގުތެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅުވައިގެން ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ ޑޮކްޓަރުންނާއި ނަރުހުން އަދި ޞިއްޙީ ދާއިރާގެ އެހެން ފަންނުވެރިންގެ ޚިދުމަތާއި އެމީހުންގެ ހިތްވަރު ވަރަށް ފުރިހަމައަށް ފެންނަމުންދާ ދުވަސްވަރެއް ކަމަށް ވިދާޅުވެ އެ ފަރާތްތަކަށް ތައުރީފު ކުރައްވާފައެވެ.

"މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް އިއްތިފާގުން މި ދިމާވީ މި ޖީލުގައި ކުރިމަތިލާން ޖެހުނު އެންމެ ނުރައްކާތެރި ޞިއްޙީ ކާރިސާގެ ވަގުތާ. އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ޞިއޙީ ޚިދުމަތުގެ ޕްރޮފެޝަނަލުންގެ ހިތްވަރާއި އެމީހުންގެ އަގުހުރި ޚިދުމަތް ވަރަށް ފުރިހަމައަށް ހާމަވަމުންދާ ވަގުތަކާ،" ޓްވީޓްގައި ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު މިދުވަސް މިފަހަރު ފާހަގަ ކުރަން މިޖެހެނީ މިއިން ޒަމާނެއްގައިވެސް ދެކިފައިނުވާ ފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ތަޖުރިބާ ކުރަމުންދާ ދުވަސް ވަރަކާކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބަލިމަޑުކަމުން ދުނިޔެ ވަރަށް އަވަހަށް ސަލާމަތްވާނެ ކަމަށް އުއްމީދުކުރައްވާކަން ހާމަކުރައްވައި އެކަމަށް ދުޢާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން