އައްޑޫ ސިޓީ މީދޫގެ މަސްވެރިންނަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.
އައްޑޫ ސިޓީ މީދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އައްޑޫ މީދޫ ދާއިރާގެ ކައުންސިލް މެމްބަރުން ވަނީ މިއަދު ފިޝަރީސް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މީދޫގެ މަސްވެރިންގެ ކަންބޮޑުވުންތައް ކައުންސިލް މެމްބަރު އާމިނަތު ސާލިހާ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ.
އެގޮތުން އައްޑޫ މީދޫ ސަރަހައްދުގައި ކަނޑައިގެން ގޮސްފައިވާ ވަދު ކަނދުފަތި އަދި ދޮށީގެ ކަނދުފަތީގެ މައްސަލައަކީ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ހުޅުމީދޫ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކާއި، އެ ސަރަހައްދުގައި މަސްވެރިކަމުގެ ދާއިރާއިން ތަރައްގީ ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި ފިޝަރީސް މިނިސްޓްރީން ބުނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި، މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މިއަދު ފިޝަރީސް މިނިސްޓްރީގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އަހުމަދު މުއްތަލިބް އަދި ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޔާމީންގެ އިތުރުން އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު