ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން ބަލަނީ،
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން ބަލަނީ،
ރޭ ދިވެހި ކަސްޓަމުން އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެތީގެ ޝިޕްމެންޓާ ހަވާލުވާން ދިޔަ ބިދޭސީމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހުރީ ޕްލާސްޓިކް ގަސްޕޮޓްތަކެއްގައި ފޮރުވާފަ އެވެ. މިތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ. އަދި މި ތަކެތި ކެނަބިއޮއިޑްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމުން ހާމަކޮށްފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ މަސްތުވާތަކެއްޗާއެކު 35 އަހަރުގެ ބިދޭސީ ފިރިހެނަކު ކަސްޓަމުން ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ކަސްޓަމުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ފުލުހުންނާ ހަވާލުކުރި ބިދޭސީ މީހާއަކީ އެތަކެއްޗާ ހަވާލުވާން ގޮސް ހުރި މީހާ ކަމަށެވެ. އަދި އެގޮތަށް އަތުލައިގަންނަ މަސްތުވާތަކެއްޗާއި އެއާ ހަވާލުވާން އަންނަ މީހުން އެ އިދާރާއިން ހަވާލުކުރަނީ ފުލުހުންނާ ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން