ރައީސް މުޢިއްޒު އިންޑިއާގެ ބޮޑު ވަޒީރާއެކު
ރައީސް މުޢިއްޒު އިންޑިއާގެ ބޮޑު ވަޒީރާއެކު
އެއަރ އިންޑިއާގެ ފްލައިޓް ވެއްޓުނު ޙާދިސާއާއި ގުޅިގެން، އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކު ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެއަރ އިންޑިޔާގެ، އޭއައި 171 ފްލައިޓު އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދުގެ ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ސަރަޙައްދަށް މިއަދު މެންދުރު ވެއްޓިފައިވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.

މި ފްލައިޓުން 242 މީހުން ދަތުރުކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން މިޙާދިސާގައި މިހާތަނަށް 30 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މި ޙާދިސާއާއި ގުޅިގެން ޙަމްދަރުދީ ފާޅުކުރަށްވައި ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިން މިތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކު ކަމަށެވެ.

އެއާ އިންޑިއާގެ ބޯއިންގ 787-800 ޑްރީމްލައިނަރ މަރުކާގެ ޒަމާނީ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޙަމްދަރުދީ ފާޅު ކުރަށްވާފައިވާއިރު، ގުޖްރާތުގެ ވައިގެ ސަރަޙައްދު މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އަޙްމަދުއާބާދުގެ ވައިގެ ބަނދަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން