ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުން.
ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުން.
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން، ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

ތަޢުލީމީ ވުޒާރާއިން މިއަދު ބުނީ، ބުނީ “ކޫލް ސްކޫލް ޕްރޮޖެކްޓް”ގެ ދަށުން، ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

ސްކޫލުތަކުގައި އޭސީ ހަރުކުރުން ފެނަކައާ ޙަވާލު ކޮށްފައިވާއިރު ރައީސް މުޢީއްޒު މީގެކުރިން ވިދާޅުވެފައިވަނީ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ސްކޫލްތަކުން ވަރަށް ބޮޑަށް އެދެމުންދާ ކަމަށެވެ. އެހެންކަމުން އެކަން ސިޔާސަތެއްގައި ހިމަނައި އެކަމަށް ބޭނުންވާ ފަންޑު ވެސް މިހާރު ވަނީ ހަމަޖެހިފައިކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ވިދާޅުވެފައިވަނީ، މިހާރުވެސް 800 އޭސީ އެކި ކުލާސްރޫމްތަކުގައި ހަރުކޮށްފައިވާ ކަމަށެވެ. އަދި ދެން ބޭނުންވަނީ 9000 އޭސީކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން