6 ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފިއެވެ.
މިއަދު ސަފީރުކަމުގެ ފަތްކޮޅު އެރުވީ ޒިމްބާބްވޭ، ޔުގަންޑާ، ދި ހެލެނިކް ރިޕަބްލިކް، ޑެންމާކު، އުޒްބެކިސްތާން އަދި ފަލަސްޠީނުގެ ސަފީރުންނެވެ.
އެގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ވަކި ވަކި ރަސްމިއްޔާތުތަކެއްގައި، ޔުގަންޑާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ޕްރޮފެސަރ ޖޮއިސް ކަކޫރާމަޓްސީ ކިކަފުންޑާ، ދި ހެލެނިކް ރިޕަބްލިކްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ އަލިކި ކޫޓްސޮމިޓޮޕޫލޫ އަދި ޑެންމާކު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ރަސްމުސް އެބިގޯޑް ކްރިސްޓެންސެން ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފައެވެ.
މީގެއިތުރުން ޒިމްބާބްވޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން- ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ސްޓެލާ ނޮކޮމޯ، އުޒްބެކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ސަރްދޯ ރުސްތަމްބޭވް، އަދި ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް ވެސް ވަނީ މިއަދު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައްފަހު، ކޮންމެ ސަފީރަކުވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާމެދު މަޝްވަރާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު