އެއަރ އިންޑިއާގެ ދަށުން އޮޕަރޭޓުކުރާ ވިސްޓާރާ ފްލައިޓަކަށް ބޮމުގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރެއް ދިނުމާ ގުޅިގެން، އެ ފްލައިޓް އިމަޖެންސީ ހާލަތުގައި ބެންކޮކުގައި ޖައްސައިފިއެވެ.
މި އިންޒާރު ދީފައިވަނީ ތައިލެންޑުގެ ޕުކެޓުން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީއަށް ދަތުރުކުރަމުންދިޔަ ފްލައިޓް އޭއައި 379 އަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މަތިންދާބޯޓު ބެންގްކޮކްގައި ޖެއްސުމާއެކު، 156 ފަސިންޖަރުންނާއި ފަޅުވެރިން ކުއްލި ހާލަތުގައި އުޅަނދުން ބޭލިއެވެ.
މި މަތިންދާބޯޓު ތައިލެންޑު ގަޑިން ހެނދުނު 9:30 ގައި ފުރާފައިވާއިރު، ބޮމުގެ އިންޒާރު ލިބިފައިވަނީ އަންޑަމާން ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މިފަދަ އިންޒާރެއް ދީފައިވާއިރު، މި އިންޒާރާ ގުޅޭ އިތުރު ތަފްސީލު ތައިލެންޑުގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިންނާއި އެއަރ އިންޑިޔާއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި އިންޒާރު ދީފައިމިވަނީ އިއްޔެ އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ވެއްޓި، 240 އަށްވުރެ ގިނަ މީހުން މަރުވި ހިތާމަވެރި ހާދިސާ ހިނގާފައިވަނިކޮށެވެ. އެ ހާދިސާގައި މަތިންދާބޯޓު ވެއްޓިފައިވަނީ އަހްމަދާބާދުގެ މޭގާނީނަގަރް ސަރަހައްދަށެވެ.

ކިޔުންތެރިންގެ ހިޔާލު