ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ
ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ
އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް އިތުރުވުމަކީ ހިތްހަމަޖެހުމެއް ކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.

އިންޑިއާ އިން ރާއްޖެއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދީފައިވަނީ، ރާއްޖޭން ބޭރުގެ ދަރަނި އަދާކުރުމަށްޓަކައި ޑޮލަރުގެ ތާށިކަން ވަރަށް ބޮޑުވެ ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ގާތްގަނޑަކަށް 45 މިލިއަން ޑޮލަރަށް ދަށްވެފައި ވަނިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރުގައެވެ.

އަދި އިންޑިއާގެ އެ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ބޭރި ފައިސާގެ ރިޒާވް ކުރިއަރާފައިވާކަން ދާދިފަހުން ފިޗުން ވަނީ ހާމަކޮށްފައެވެ. ފިޗުން ބުނެފައިވަނީ، ރާއްޖޭގެ ބޭރު ފައިސާގެ ރިޒަރވް އިތުރުވުމުގައި، އިންޑިއާގެ ރިޒަރވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާ ގޮތެއްގައި ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެކަމާ ގުޅިގެން އިންޑިއާ އިން ބުނީ އެ ގައުމުން ދިން "އެހީގެ ސަބަބުން ފިޗުން ފާހަގަކޮށްފައިވާ ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން ކޮންމެވެސް ވަރަކަށް ލުއިވެގެން ދިއުމަކީ ހިތްހަމަޖެހުމެއް" ކަމަށެވެ.



ފިޗުން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ "ސީސީ" ގައި ހިފެހެއްޓުމާ ގުޅިގެން ސަރުކާރުން ޖޫން 12 ގައި ނެރުނު ބަޔާނެއްގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އަށް ހެޔޮ ބަދަލެއް އައުމުގައި "ރިޒާވް ބޭންކް އޮފް އިންޑިއާ އާއި އެމްއެމްއޭ އާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާކަމާއެކު ބޭނުން ކުރެވިފައި ވުން" ފާހަގަ ކޮށްފައިވެއެވެ.

ފިޗް ރޭޓިންސްއަކީ އިގްތިސާދީ ހާލަތު ވަޒަންކުރުމަށްފަހު އެކަމާއިގުޅޭ ހޯދުން އާއްމުކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން