މޯލްްޑިވިއަންގެ ފްލައިޓެއް
މޯލްްޑިވިއަންގެ ފްލައިޓެއް
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭން ބޭރުގައި ރާއްޖެ ނާދެވި ތާށިވެފައިތިބި ދިވެހިން ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އިންސާނީ ނަޒަރަކުން ބެއްލެވުމަށްފަހު ދަތުރު ކުރުމުގެ ފުރުސަތު ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ޑރ. ޝަހީމް މިގޮތަށް ގޮވާލައްވާފައި މިވަނީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި، ޓިކެޓްގެ އަގު ބޮޑު ވުމާއި، ޓިކެޓް ވިއްކުމުގެ އިންތިޒާމް ތަކާ މެދު ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ވަގުތެއްގައެވެ.

ކޯވިޑް-19 އާއި ގުޅިގެން މެލޭޝިޔާގައި ތިބި މީހުންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހޯދައި ދިނުމުގެ ގޮތުން ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލައިޓެއް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާއިރު އިއްޔެއަކީ އެ ފްލައިޓްގެ ޓިކެޓް ވިއްކަން ފަށާނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވާ ދުވަހެވެ.

މިކަމާއި ގުޅިގެން "ރަސް އޮންލައިން" އަށް މައުލޫމާތު ދިން ފަރާތުން ބުނީ މި ފްލައިޓުން މާލެ ދާން އެދޭ މީހުންގެ ލިސްޓެއް ފުރަތަމަ ހަދަން އިޢުލާން ކުރީ މެލޭޝިއާގައި ހުންނަ ދިވެހި އެމަބަސީން ކަމަށެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރ ތަސްމީން ޢަލީގެ އަނބިކަނބަލުން، ވިސާމް ޢަލީ ސަފީރު ކަމުގެ މަގާމުގައި ހުންނެވި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން މި ފްލައިޓުން މާލެ ދާން ބޭނުން މީހުން ނަންނޯޓް ކުރުމަށް ސަފީރުގެ އޮފީހުން ވެސް ބައިވެރިވާ ވައިބަރ ގްރޫޕެއްގައި އިޢުލާން ކުރުމުން ވަރަށް ގިނަ މީހުން އެލިސްޓުގައި ނަން ނޯޓު ކުރި ކަމަށްވެސް ވިސާމުގެ އޮފީހުން ބުނެފައިވެއެވެ. ސަފީރުގެ އޮފީހުން ބުނެފައިވަނީ އެލިސްޓުގައި 900 ވަރަކަށް މީހުން ނަން ނޯޓުކުރި ކަމަށެވެ. ސަފީރުގެ އޮފީހުން ކުރިން ނިންމާފައި އޮތީ މި ފްލައިޓުން ޖާގަ ދިނުމުގައި ދަތުރުވަރިއެއްގައި އައިސް ހޮޓާ ތަކުގައި ތާށިވެފައި ތިބި މީހުންނާއި ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭ އާއިލާ ތަކާއި ބަލި މީހުންނަށް އިސްކަން ދިނުމަށެވެ. ނަމަވެސް ވަކި ހިސާބަކުން ސަފީރު އިޢުލާން ކުރެއްވި ކަމަށްވަނީ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަނުން ކަމަށެވެ.

މީސްމީޑިޔާގައާއި ވައިބަރ ގްރޫޕްތަކުގައި ދައުރުވާ މެސެޖުތަކަށް ބަލާއިރު މި ފްލައިޓުން ޖާގަ ހޯދަން ރޭ ގިނަ ބަޔަކު ތިބީ ނުނިދާ ހޭލައެވެ. ނަމަވެސް އެބުނާ މޯލްޑިވިއަންގެ ފްލައިޓުން ޖާގަ ލިބުނީ ހާލުގައި ޖެހި ނާދެވިފައި ތިބި މީހުންނަށް ނޫން ކަމަށާއި އެކަން ކޮށްފައިވަނީ މުޅިން އޮޅުވާލުމެއްގެ ތެރޭގައި ކަމަށް މީސް މިޑިޔާގައާއި ވައިބަރ ގްރޫޕްތަކުގައި ގިނަ ބަޔަކު ލިޔެފައިވެއެވެ. އެގޮތުން މެލޭޝިޔާގައި އެކި މީހުން ހޭލާ ނުނިދާ ތިބެގެން ހޭދަކުރި ވަގުތާ ކުރި މަސައްކަތް އެނގޭ ގޮތަށް ކޯލް ލޮގާއި ވެބްސައިޓްގެ ސްކްރީން ޝޮޓްތައް ވެސް ގިނަ ބަޔަކު ހިއްސާ ކޮށްފައި ވެއެވެ.

މޯލްޑިވިއަނުން އިއްޔެ ބުނެފައިވަނީ ރާއްޖެއިން ބޭރުގައި ނާދެވިފައި ތިބި އެންމެން ގެނެވެންދެން މޯލްޑިވިއަން ގެ ދަތުރުތައް ބާއްވާނެ ކަމަށެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން ޓެގް ކުރައްވައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ "ރައްޔިތުން ސަލާން ޖަހަން ނުޖެހި ހަމަހަމަ ގޮތެއްގައި އިންސާނީ ނަޒަރުން ބަލައި ބަލިމީހުންނާއި، ދޮށީމީހުންނާއި، މާބަނޑު މީހުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި، ވިސާ ހަމަވެފައިވާ މީހުންނަށް އިސްކަން ދީގެން ދަތުރު ކުރުމުގެ ފުރުޞަތު ހަމަޖެހެން ޖެހޭކަމަށް" ދެކެވަޑައި ގަންނަވާ ކަމަށެވެ.

ލަންކާއާއި އިންޑިއާގެ ކޮޗިންގައި ނާދެވި ތާށިވެފައި ތިބި ދިވެހީން ގެނައުމަށް ވެސް މޯލްޑިވިއަނުން ވަނީ ދަތުރު ތަކެއް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން