ފުލުހުން ޓްރެފިކް ބަލަހައްޓަނީ
ފުލުހުން ޓްރެފިކް ބަލަހައްޓަނީ
މާލޭ މަޖީދީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައިވާ 74 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މަޖީދީމަގު މަރާމާތު ކުރުމަށްފަހު 2022 ވަނަ އަހަރުން ފެށިގެން އެމަގުގެ ދެ ފަރާތުގައިވެސް ޕާކްކުރުން ވަނީ މަނާކޮށްފައެވެ.

ނަމަވެސް އެމަގުގައި ޤަވާއިދާ ޚިލާފަށް ޕާކު ކުރުން އިތުރުވެފައިވާތީ، ފުލުހުން ވަނީ މާލޭ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިހާތަނަށް ދެ ފުރޮޅުލީ 69 އުޅަނދާއި، ހަތަރު ފުރޮޅުލީ ހަތަރު އުޅަނދު ވަނީ ޓޯ ކޮށްފައެވެ. އަދި ޓޯ ކުރާ އުޅަނދު އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު ފުލުހުންވަނީ އުޅަނދުތައް ޕާކުކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުގައި ޕާކުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

އޭގެއިތުރުން، ފުލުހުންގެ ޚިދުމަތުން ބުނީ މާލޭގެ މަޖީދީމަގުގައި ހުއްދަނެތި ޕާކުކުރާ އުޅަނދުފަހަރުގެ ވެރިފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން