ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން، 3.76 ބިލިއަން ރުފިޔާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިފިއެވެ.
މީރާއިން ބުނީ އެފައިސާ ހޯދާފައިވަނީ ނުލިބިހުރި ފައިސާ ހޯދުމަށް ތަންފީޒީ ހަ ފިޔަވަޅެއް އަޅައިގެން ކަމަށެވެ. އެގޮތުން. މިފިޔަވަޅުތައް އަޅާފައިވަނީ 18،969 ފަރާތަކަށެވެ.
އެކަމުގެ ތަފްސީލުތައް ހާމަކުރަމުން މީރާއިން ބުނެފައިވަނީ، ޖުމުލަ 36،843 ފަރާތަކަށް ފައިސާ ދެއްކުމަށް އަންގައި ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 8،139 ފަރާތަކުން ނޯޓިސްއާއި އެއްގޮތަށް އަމަލުކޮށްފައިވެއެވެ.
މީރާއިން ބުނީ ނޯޓިސް ފޮނުވައިގެން 2.74 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށާއި، ޑިއުޒް ކްލިއަރެންސްއިން 625.7 މިލިއަން ރުފިޔާ، ނަން ހާމަކޮށްގެން 43.9 މިލިއަން ރުފިޔާ، ބޭންކް އެކައުންޓް ފްރީޒް ކޮށްގެން 109.42 މިލިއަން ރުފިޔާ، ޤާނޫނީ ފިޔަވަޅު އަޅައިގެން 86،733 ރުފިޔާ އަދި އީމެއިލް ފޮނުވައިގެން 239.9 މިލިއަން ރުފިޔާ ހޯދި ކަމަށެވެ.
އަދި މި ފިޔަވަޅުތަކާއެކު ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން، މުޅި ޖުމްލަ 3.76 ބިލިއަން ރުފިޔާ ލިބުނު ކަމަށް މީރާއިން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު