އެމްޑީޕީއަކީ މާޒީގެ އަޅުންކަމަށް ވެގެން ނުވާނެކަމަށާއި ޕާޓީ ދޫކޮށްދިޔަ މެންބަރުންނަށް މަރުހަބާ ކިޔަން ފެންނަކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމުމުން އެކަމާ ގުޅޭގޮތުން މިރޭ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، އެހެން ޕާޓީތަކުގެ މެންބަރުން އެ ޕާޓީއާ ގުޅެން ބޭނުންވަނީ ރާއްޖޭގައި މުސްތަގުބަލެއް އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށްވާތީ ކަމަށެވެ.
އަދި ޑިމޮކްރެޓްސްގެ ބޭފުޅުން ވެސް އަލުން އެމްޑީޕީއާ ގުޅެން ބޭނުންވާނަމަ އޭނާއަށް ފެންނަނީ އެ ފުރުސަތު ދީ އެ ބޭފުޅުންނަށް މަރުހަބާ ކިޔަންކަމަށް ޝާހިދު ވިދާޅުވިއެވެ.
މާޒީގެ އަޅަކަށް އެމްޑީޕީ ވެގެން ނުވާނެކަމަށާއި ވިސްނަންވާނީ ކުރިމަގަށްކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަޙްމަދު ދީދީ ވެސް މި ބައްދަލުވުމުގައި ވިދާޅުވީ، މި ދަނޑިވަޅުގައި ވިސްނަންވީ ޕާޓީ ބޮޑު ކޮށްގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްކަމަށެވެ. ނަމަވެސް ކުރިން ޕާޓީ ތެރޭގައި ވީ ކަންކަމަކީ އަލުން އިއާދަ ވެގެންވާނެ ކަންކަމެއް ނޫންކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
ސިޔާސީ ކަންކަމާ ދުރުގައި ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރައީސް މުޙައްމަދު ނަޝީދު ރާއްޖެ ވަޑައިގެން އިއްޔެ ވަނީ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީއެއް ބާއްވައި، ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއަށް އެނބުރި ދިޔުމަށް ގަރާރެއް ފާސްކޮށްފައެވެ. އަދި ގަރާރު ފާސްކުރުމަށްފަހު ރައީސް ނަޝީދާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުالله ވަނީ އެމްޑީޕީއަށް ވަންނަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު