ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީ އަށް ގުޅުމަށް މަރުޙަބާ ދެންނެވުމާއެކު، ދީނުގެ ޞައްޙަ ޢަޤީދާގައި ދެމިތިބުމަށް ރައީސް ޞާލިޙް އިރުޝާދު ދެއްވައިފިއެވެ.
ރައީސް ޞާލިޙް މިފަދަ ގޮތަކަށް ޑިމޮކްރެޓްސްގެ މެންބަރުންނަށް އިރުޝާދު ދެއްވާފައިވާއިރު، އެމްޑީޕީއާއި، ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އެމްޑީޕީގެ ތެރޭގައި އަލުން ފުރުޞަތު އޮންނާނެ ކަމަށާއި، އެމަނިކުފާނާއެކު އެޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާނެކަމަށް އެމްޑީޕީން ރޭ ވަނީ ބުނެފައެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ، ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއަށް ގުޅުމަށް އެޕާޓީގެ ކައުންސިލުން އިޤްރާރު ވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުޙަބާ ކިޔުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުންވެސް ރޭ ވަނީ ފާސްކޮށްފައެވެ.
ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީ އަށް އަލުން ގުޅުމާމެދު ކުރީގެ ރައީސް ޞާލިޙް މިއަދު މީސް މީޑިއާގައި ވިދާޅުވީ، އެޕާޓީގެ މެމްބަރުން އެމްޑީޕީ އަށް ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އޭގެއިތުރުން ދީނުގެ ޞައްޙަ ޢަޤީދާގައި ދެމިތިބުމަށް ރައީސް ޞާލިޙްވަނީ ޑިމޮކްރެޓްސްގެ މެންބަރުންނަށް އިރުޝާދު ދެއްވައިފައެވެ.
“އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަޞްލަޙަތު އަބަދުވެސް އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިގާށެވެ.” ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު، ޑިމޮކްރެޓްސްގެ ނިންމުމާ އެކު ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އެމްޑީޕީއަށް ވެންނެވުމަށް ނިންމަވާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރަށްވާފައިވާ ރައީސް ނަޝީދު އެމްޑީޕީއަށް ވަޑައިގަންނަވާއިރު، އެ ޕާޓީ ތެރޭގައި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގެ ޓިކެޓުގެ ވާދަވެރިކަން އުފެދި ކޮންމެވެސްވަރެއްގެ ހިޔާލުތަފާތުވުންތަކެއް ވެސް ވަނީ އުފެދިފައެވެ. ޗެއަރޕާސަން ފައްޔާޒު އިސްމާޢީލާއި، ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު ފަދަ ބޭފުޅުން ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާނު ކުރައްވާފައިވާއިރު، ރައީސް ޞާލިޙް ގެންދަވަނީ ޕާޓީގެ އިސް ބައެއް މެންބަރުންނާ އެކު ވަކިން ބައްދަލުކުރައްވައި ޕާޓީ ހިންގުމުގެ ކަންކަން ސީދާ ޞާލިޙްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން މަސައްކަތްތަކެއް ކުރަމުންނެވެ.
އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓުން ފާސްކުރި ޤަރާރުގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި، ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި، ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި، ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވާތީ، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ މެމްބަރުން @MDPSecretariat އާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވަން. އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަޞްލަޙަތު އަބަދުވެސް އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިގާށެވެ.… pic.twitter.com/KWPeFBiyza
— Ibrahim Mohamed Solih (@ibusolih) June 19, 2025
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު، ޑިމޮކްރެޓްސްގެ ނިންމުމާ އެކު ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އެމްޑީޕީއަށް ވެންނެވުމަށް ނިންމަވާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރަށްވާފައިވާ ރައީސް ނަޝީދު އެމްޑީޕީއަށް ވަޑައިގަންނަވާއިރު، އެ ޕާޓީ ތެރޭގައި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގެ ޓިކެޓުގެ ވާދަވެރިކަން އުފެދި ކޮންމެވެސްވަރެއްގެ ހިޔާލުތަފާތުވުންތަކެއް ވެސް ވަނީ އުފެދިފައެވެ. ޗެއަރޕާސަން ފައްޔާޒު އިސްމާޢީލާއި، ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު ފަދަ ބޭފުޅުން ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާނު ކުރައްވާފައިވާއިރު، ރައީސް ޞާލިޙް ގެންދަވަނީ ޕާޓީގެ އިސް ބައެއް މެންބަރުންނާ އެކު ވަކިން ބައްދަލުކުރައްވައި ޕާޓީ ހިންގުމުގެ ކަންކަން ސީދާ ޞާލިޙްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން މަސައްކަތްތަކެއް ކުރަމުންނެވެ.
އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓުން ފާސްކުރި ޤަރާރުގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި، ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި، ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި، ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވާތީ، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު