މުވާސަލާތީ ޚިދުމަތުގައި ބޭނުންކުރާ އެންޓަނާއެއް
މުވާސަލާތީ ޚިދުމަތުގައި ބޭނުންކުރާ އެންޓަނާއެއް
މޯބައިލް ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ފަދަ ތަކެތި އަމިއްލައަށް އިންސްޓޯލް ނުކުރުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، ކޭމްއިން އަންގައިފި އެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ބައެއް ފަރާތްތަކުން މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށް އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި ބަހައްޓަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ސަރަހައްދުގެ އެހެން ފަރާތްތަކުން މޯބައިލް ފޯނު ބޭނުންކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށާއި، އެހެންކަމުން މޯބައިލް ފޯނުގެ ސިގްނަލް ހޯދުމަށްޓަކައި ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ފަދަ ތަކެތި އާންމު ފަރާތްތަކުން އަމިއްލައަށް އިންސްޓޯލް ނުކުރަން އެ އޮތޯރިޓީން ނެރެފައިވާ އިއުލާނުގައި ވަނީ އަންގާފައެވެ.

މިކަމާ ގުޅޭގޮތުން މޯބައިލް ހިދުމަތްދޭ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި އަދި މޯބައިލް ފޯނުގެ ސިގްނަލް ލިބުމުގައި މައްސަލަ އުޅޭނަމަ، މޯބައިލް ޚިދުމަތްދޭ ކުންފުނިތަކަށް އެކަން އެންގުމުން އެ މައްސަލަ ހައްލުކޮށްދޭން އެ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށް ކޭމްގެ އިޢުލާނުގައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން