މި ސަރުކާރުގައި ސިޔާސީ ހަރަކާތް ހިންގުމަށް ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނާނެކަމަށާއި އެކަމާ ގުޅޭގޮތުން ހަގީގަތް އޮޅުވާލަން ވާހަކަ ދައްކަމުންދާކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މިއަދުވަނީ، ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބޭފުޅުންތަކެއް ޕާޓީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް ހަފްލާއެއް ބާއްވަން އެދުމުން، ސަރުކާރުން އެކަމަށް ހުރަސްއަޅާ ކަމަށް ތުހުމަތުކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ފައްޔާޒު ވިދާޅުވީ، ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ހިންގާ ހަރަކާތްތައް ބޭއްވުމަށް ތަނެއް ހަމަޖެހިފައި ނުވާތީ، މުލިއާގޭ ކަންމަތީގައި އެކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ފައްޔާޒު އެހެން ވިދާޅުވުމުން، ތަރުޖަމާނު ހީނާ ވަލީދު މިރޭ ވަނީ އެކަމަށް ރައްދެއް ދެއްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
އަދި ކުރިން ހުއްދަނެގުމަކާނުލާ، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަޙައްދަށް އެކަނި ކަމަށާއި ނަމަވެސް އެކަން ބަދަލުކޮށް މިސަރުކާރުންވާނީ ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައިކަމަށް ހީނާ ވިދާޅުވިއެވެ.
އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެއްކަމަށް ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވެ އެ ޕާޓީން ވަކިވެވަޑައިގެން ރައީސް މުޙައްމަދު ނަޝީދު ވަނީ އަލުން އެނބުރި އެމްޑީޕީއަށް ބަދަލުވާން ނިންމަވާފައެވެ. އެމަނިކުފާނާ އެކު އޭރު އެމްޑީޕީން ވަކިވި މެންބަރުން ވެސް ވަނީ އެމްޑީޕީއާ ގުޅެން ނިންމާފައެވެ. އަދި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ބޭފުޅުންނަށް އެމްޑީޕީއަށް މަރުހަބާ ކިޔަން ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު