މެޑަމް ސާޖިދާ މުހައްމަދު-
މެޑަމް ސާޖިދާ މުހައްމަދު-
ޔުނައިޓަޑް ޢެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެކަމަނާ ކުރެއްވި ދަތުރުފުޅެކެވެ.

ޖޫން 18 އިން 19 އަށް ކުރިއަށްދިޔަ މި ސަމިޓުގައި ބައިވެރިވެވަޑައިގެން އެކަމަނާ ވަނީ މުހިންމު މައުޟޫތަކާ ގުޅޭ ގޮތުން ވާހަަކަފުޅު ދައްކަވާފައެވެ.

މިއަހަރުގެ ސަމިޓުގައި ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތަޢައްޞަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތަޢުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމުގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާކުރެވިފައި ވެއެވެ.

މި ސަމިޓުގައި އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ޤައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން