ޔޯގާޑޭ ފާހަގަކުރުން
ޔޯގާޑޭ ފާހަގަކުރުން
500 މީހުންނާއެކު މިއަހަރުގެ ޔޯގާޑޭ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން މިއަދު ބުނީ 500 މީހުންނާއެކު މިއަހަރުގެ ޔޯގާ ޑޭ ފާހަގަކޮށްފައިވަނީ ތާޖް ރިސޯޓުގައި ކަމަށެވެ. އަދި އެހަރަކާތް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.

މިޙަރަކާތުގައި ބައެއް ދިވެހީން ވެސް ބައިވެރިވެފައިވެއެވެ. މިއަހަރުގެ ޔޯގާ ޑޭގެ ޝިއާރަކީ "ޔޯގާ ފޯ ވަން އާތު، ވަން ހެލްތު" އެވެ. މިއީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ 11 ވަނަ ޔޯގާ ޑޭ އެވެ.



ރާއްޖޭގައި ޔޯގާޑޭ ކުލަގަދަކޮށް ފާހަގަ ކޮށްފައިވާއިރު، ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަންތަކެއް ނަކަލުކޮށްގެން ހިންގާ ޝިރުކުގެ ޢަމަލެއް ކަމަށްބުނެ، ބައެއް ދީނީ ޢީލްމުވެރިން ހިމެނޭ ގޮތުން ބައެއް ދިވެހިން ވަނީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2022 ވަނަ އަހަރުގެ ޖޫން 21 ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ބޭއްވި ވަގުތު، އެތަނަށް ވަދެ ހަމަނުޖެހުންތަކެއް ހިންގާފައެވެ.

އެމައްސަލާގައި ބައެއް މީހުންގެ މައްޗަށް ދައުވާވެސް ކުރިއެވެ. ނަމަވެސް މިިދިޔަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވަނީ އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން