މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމު ޓިކްޓޮކް ހިންގާ ޗައިނާގެ ކުންފުނި ބައިޓްޑާންސުން، އެ އެޕްގެ އެމެރިކާގެ ހިއްސާ ވިއްކާލުމަށް ދެއްވި މުއްދަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރުކޮށްދެއްވައިފިއެވެ.
އެގޮތުން މުއްދަތު އިތުރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕު ވަނީ ރިޔާސީ އަމުރެއްގައި ސޮއިކުރައްވައި، ކުރިން ހަމަޖެހިފައި އޮތް 90 ދުވަހުގެ މުއްދަތު އިތުރުކޮށްދެއްވާފައެވެ. މިއީ މީގެ ކުރިންވެސް ޓްރަމްޕު އިޝާރާތް ކުރައްވާފައިވާ ފިޔަވަޅެކެވެ.
ޓްރަމްޕް މި މުއްދަތު އިތުރުކޮށްދެއްވާފައިވަނީ ޓިކްޓޮކް ވިއްކާނުލައިފިނަމަ އެ އެޕް އެމެރިކާގައި ބަންދުކުރުމަށް ގޮވާލާ ގާނޫނެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ އަހަރު ފާސްކުރި ގާނޫނެއްގައިވާ ގޮތުން، މިދިޔަ ޖެނުއަރީ 19 ގެ ކުރިން ބައިޓްޑާންސުން ޓިކްޓޮކްގެ އެމެރިކާގެ ހިއްސާ ވިއްކާލުމުގެ މަސައްކަތުގައި އެދެވޭ ކުރިއެރުމެއް ހޯދާފައި ނުވާނަމަ، އެމެރިކާގައި އެ އެޕް ހިންގުން ހުއްޓާލަން ޖެހެއެވެ.
ނަމަވެސް ރައީސް ކަމުގެ ދެވަނަ ދައުރު ފެއްޓެވުމަށްފަހު ޓްރަމްޕް ވަނީ އެ ގާނޫނު ތަންފީޒު ނުކުރައްވައި، މުއްދަތު އިތުރުކޮށްދެއްވާފައެވެ. މިއީ އެ މުއްދަތު އިތުރުކޮށްދެއްވި ތިންވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު