ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސް ޢިމާރާތް ކުރަމުންގެންދާ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫޙު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ކޭޕާކް މައްސަލާގައި މަންޑޭގެ މައްޗަށް އުފުލާފައިވާ 100 އަށްވުރެ ގިނަ ދަޢުވާގެ އަޑުއެހުންތަކަށް މަންޑޭގެ ފަރާތުން އެއްބާރުލުން ދެމުން ނުދާތީ އާއި، އަޑުއެހުންތަކަށް ހާޒިރުވާން އުޒުރުވެރިވަމުންދާތީ، މިއަދުގެ ޝަރީއަތަށް އޭނާ ހާޒިރުކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެންނެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ޤާޟީ އަލީ ނަދީމް ވިދާޅުވީ، ބަލިޙާލަތު ހުރިގޮތުން ކަމަށްބުނެ މަންޑޭ ކޯޓަށް ޙާޟިރުނުވި ނަމަވެސް ގިނަވަގުތު ގެއިން ބޭރުގައި މަންޑޭ އުޅެމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ޝަރީއަތަށް އެއްބާރުލުން ނުދޭތީ މަންޑޭ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ޤާޟީ ވަނީ އަމުރު ކުރަށްވާފައެވެ.
މި މައްސަލައިގައި މިއަދު ވަނީ ކޭޕާކް ފްލެޓް ގަތް ބައެއް މީހުންގެ ހެކިބަސް ނަގާފަވެ. ކޭޕާކުން އެޕާޓްމަންޓް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލާގައި، މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާއެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 40 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. މަންޑޭގެ އިތުރުން މި މައްސަލަތަކުގައި ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް ދަޢުލަތުން އުފުލާފައިވެއެވެ.
ކޭޕާކް މައްސަލާގައި މީގެކުރިން ކޯޓުން ވަނީ މަންޑޭގެ މުދާތައްވެސް ހިފަހައްޓާފައެވެ. އެގޮތުން ހުޅުމާލޭ ކޯޓުގެ އަމުރެެއްގެ ދަށުން ހިފަހައްޓާފައިވަނީ، އަސްލުއޮޅުވާލާފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ. އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެއެވެ.
ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ. މަންޑޭ ވަނީ ކޭޕާކް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން މަކަރާ ހީލަތުން އެތައް ފައިސާއެއް ނަގާފައިކަމަށް ހަމްބޯ ކުންފުނިން ވަނީ ބުނެފައެވެ. އެ މައްސަލާގައި މަމްދޫހުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ބުނެފައިވަނީ، މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން ފައިސާ ނެގުމުގެ އިތުރުން، މަންޑޭ ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓެއް ހުޅުވައި، ކުންފުނީގެ އެމްޑީއަށް ނޭނގި ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދާފައިވާ ކަމަށެވެ.
މަހުޖަނެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި ކުއްލިޔަކަށް މަޝްހޫރުވި މަންޑޭ ފަހަކަށް އައިސް އުޅެފައިވަނީ މުއްސަދި ދިރިއުޅުމެކެވެ. މަމްދޫހްގެ އެކުވެރިއަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނެފައިވަނީ އެޕާޓްމެންޓްތައް ވިއްކައި މިބޮޑު ޖަރީމާ ހިންގުމަށް މަމްދޫހަށް އެހީތެރިވެދިން ފަރާތްތައް ފައިސާ ދައްކައިގެން އެޕާޓްމެންޓްތައް ގަތްކަމަށް ޑޮކިމެންޓް ހަދައި ހިލޭ އެޕާޓްމެންޓްތަކާއި ގަރާޖްތައް ދީފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު