އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމު ކުރަމުންދާ ކެތުލެބުގެ 98 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އޭއީއެޗްގައި ޤާއިމްކުރާ ކެތުލެބްގެ ޚިދުމަތް ފެށުން ލަސްވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫޤު ލިޔުމުން ޖަވާބު ހޯދުމަށް އެދިލައްވާފައިވާ ސުވާލަށް ދެއްވި ޖަވާބުގައެވެ.
އެގޮތުން ވަޒީރު ނާޒިމް ވިދާޅުވީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ކެތުލެބް ގާއިމުކުރުމަށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީޒް އިންސްޓޯލް ކުރުމާއި ގުޅުންހުރި މަސައްކަތްތަކުގެ 98 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
އަދި ކެތުލެބް ހިންގައި ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު ވަނީ އިޢުލާނު ކުރެވިފައި ކަމަށާއި، ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވައިލެވޭ ފަރާތުގެ ޕްރޮޕޯޒަލް ހޯދައި، އެ ފަރާތްތަކާ ކެތުލެބު ހިންގުމުގެ ކަންކަން ހަވާލުކޮށް، ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ނާޒިމް މިއަދު ވިދާޅުވިއެވެ.
އޭއީއެޗްގައި ގާއިމް ކުރެވިފައިވާ ކެތު ލެބަކީ މިދިޔަ ސަރުކާރުން ގާއިމް ކުރި ލެބެކެވެ. އެ ކެތު ލެބުގެ ހިދުމަތް އަވަހަށް ފައްޓަވައި ދެއްވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު