ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައިވެސް، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އިތުރު ކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމައި، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލީހުގެ ލަފާއާއެކު ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުން މިހާރު ކައުންސިލްތަކަށް އަންގާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި މިގޮތަށް ކަނޑައަޅާފައިވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާއި ދެމެދު ދެވޭ ވަގުތު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި ޢަޞުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓުކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ނިންމުން ނިންމާފައިވަނީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ލިބޭ ވަގުތު މަދުވުމުގެ ސަބަބުން، ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމާ ގުޅިގެން އާއްމުންގެ ޝަކުވާ ލިބެމުންދާތީކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު