ތިނަދޫ ކައުންސިލާމެދު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އެޅި ފިޔަވަޅުތަކަކީ މުޅި ލާމަރުކަޒީނިޒާމަށާއި ކައުންސިލްތަކަށް ދިން ފިނޑި ހަމަލާއެއް ކަމަށް އެމްޑީޕީގެ ރައީސް ޢަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ތިނަދޫ ކައުންސިލާ ގުޅޭ ގޮތުން އެލްޖީއޭ އަށް ހުށަހަޅާފައިވާ ބައެއް މައްސަލަތައް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު މިއަދު އެލްޖީއޭއިން ވަނީ އެ ކައުންސިލާމެދު ފިޔަވަޅު އަޅާފައެވެ. އެގޮތުން ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ 3 މަސް ދުވަހަށް ސަސްޕެންޑު ކޮށްފައިވާއިރު، ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީވެސް ވަނީ އެއް މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑު ކޮށްފައެވެ.
އިންކުއަރީއަށްފަހު އެލްޖީއޭއިން ބުނީ ތިނަދޫ ސިޓީ ކައުންސިލުން އެ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ތަކުރާރުކޮށް ލާމަރުކަޒީ ނިޒާމަށް ފާޑުކިޔައި، ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކުރާ ކައުންސިލަރުން މަދު ކުރާނެކަމުގެ އިންޒާރުތަކަށްފަހު މިއަދު، މުޅި ތިނަދޫ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅައި، އެސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރި ކުރުމަކީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅާއެކު އެލްޖީއޭއިން ހިންގި ދެރަވަރު ޖަރީމާއެއް ކަމަށެވެ.
އަދި މިއީ މުޅި ލާމަރުކަޒީ ނިޒާމަށާއި އެންމެހައި ކައުންސިލުތަކާއި ރަށްރަށް ހިންގަންތިބި ރައްޔިތުންގެ މަންދޫބުންނަށް ދިން ވަރަށްވެސް ފިނޑި ހަމަލާއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިކަމުން ދޭހަވަނީ ސަރުކާރު ކުރިއަށްއޮތް ކައުންސިލު އިންތިޚާބުން ބޮޑުތަނުން ބަލިވާނެ ކަމާއި، އިންތިޚާބަށް ނުފޫޒު ފޯރުވާނެކަން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ރައްޔިތުން މިފަދަ ކަންކަން ބަލައެއް ނުގަންނާނެ ކަމަށެވެ.
އަދި ލާމަރުކަޒީ ނިޒާމަށް ޖާގަ ދިނުމަށާއި ތިނަދޫ ކައުންސިލަށް އެޅި ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ޝާހިދުގެ ޕޯސްޓުގައި ވަނީ ގޮވާލައްވާފައެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ މިއަދު ސަސްޕެންޑް ކޮށްފައިވާއިރު، ދާދި ފަހުން ސަރުކާރުގެ ފަރާތުން ވަނީ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ބެލުމަށްޓަކައި ގަރާރެއްވެސް ހުށަހަޅާފައެވެ.

ތަކުރާރުކޮށް ލާމަރުކަޒީ ނިޒާމަށް ފާޑުކިޔައި، ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކުރާ ކައުންސިލަރުން މަދު ކުރާނެކަމުގެ އިންޒާރުތަކަށްފަހު މިއަދު، މުޅި ތިނަދޫ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅައި، އެސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރި ކުރުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ…
— Abdulla Shahid (@abdulla_shahid) June 25, 2025
ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ މިއަދު ސަސްޕެންޑް ކޮށްފައިވާއިރު، ދާދި ފަހުން ސަރުކާރުގެ ފަރާތުން ވަނީ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ބެލުމަށްޓަކައި ގަރާރެއްވެސް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު