ވެރިންގެ ދޮގު ހެދުމުގެ ސިޔާސަތުގެ ސަބަބުން މިސަރުކާރު ނިމިގެންދާނީ ޑަސްބިނަށް ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން ޢުމަރު ވިދާޅުވީ، މިސަރުކާރުގެ ކުރިމަގު ފެންނަނީ ކުނީގެ ގޮތުގައި ކަމަށާއި، އެހެންކަމުން މި ސަރުކާރު ނިމިގެން ދާނީ ޑަސްބިނަށް ކަމަށެވެ.
އެގޮތުން ސަރުކާރުގެ ސިޔާސަތަކީ ދޮގުހެދުން ކަމަށާއި، ވެރިންގެ ދޮގު ހެދުމުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުން ސަރުކާރަށް ކުރި އިތުބާރު ގެއްލިފައިވާ ކަމަށް ޢުމަރު ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ސަރުކާރުގެ ހިންގުމުގެ ދޯހަޅިކަން ފާހަގަ ކުރަށްވަމުން ޢުމަރު ވިދާޅުވީ، ނުފުއްދޭނެހާ ވައުދުތައްވެ އެ ވައުދުތައް ފުއްދާނުދޭތީ ރައްޔިތުން ތިބީ ސަރުކާރާ މެދު ނުރުހިފައި ކަމަށެވެ.
އޭގެއިތުރުން އިންޑިއާ ސިފައިން ބޭރުކުރަން އައި ސަރުކާރު މިހާރު ތިބީ އިންޑިއާގެ އުނގަށް ވެއްޓިފައި ކަމަށާއި، މިވަރަށް އިންޑިއާއަށް ބަރޯސާކުރި ސަރުކާރެއް ރާއްޖެ ދެކެފައި ނެތްކަން ޢުމަރު ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ކަންކަން ފޫބައްދަން ސަރުކާރަށް ކުރެވޭނެ އިތުރުކަމެއް ނެތްކަމަށްވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރު އިންޑިޔާގެ އުނގަށް ވެއްޓިފައިވާކަމަށް ޢުމަރު ވިދާޅުވެފައިވާއިރު، ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ތިން ސަރަހައްދެއްގައި 89 އިންޑިއާ ސިފައިން ތިއްބިކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ދެޤައުމުގެ ދެމެދުގައި ދެކެވުނު ރަސްމީ ވާހަކަތަކަށްފަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރުވަނީ އަނބުރާ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު