އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މެސެޖެއް ފޮނުއްވައިފިއެވެ.
ކޯވިޑް-19 އަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފޮނުއްވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކޯވިޑް-19 ހުއްޓުވުމަށް މުޅި ދުނިޔޭގައި މިހާރު ވަކިވަކި ފަރުދުންނާއި އަދި މުޖުތަމަޢުތައް އެކުގައި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
އަދި އިނގިރޭސި ވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އިނގިރޭ ބޮޑުވަޒީރު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހާލުކޮޅު ބޮޑުވެގެން މިހާރު ވަނީ އައިސޫޔޫއަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު