އެކްސިޑޭންޓު ވުމުން މަޑުނުކޮށް ފިލި މީހާ، ފޮޓޯ: ފުލުހުން
އެކްސިޑޭންޓު ވުމުން މަޑުނުކޮށް ފިލި މީހާ، ފޮޓޯ: ފުލުހުން
އެކްސިޑެންޓުވުމުން ފިލި މީހަކު ހައްޔަރުކޮށް، 7 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރީ، ކޮކްނެޓްވިލާ، އާދަމް ޒަޔާން މުޙައްމަދު (26އ)އެވެ.

ފުލުހުން ބުނީ އޭނާއަކީ ދެ ސައިކަލާއި ކާރެއް ޖެހި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުޅުމާލޭގައި އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހެއް ކަމަށެވެ. އެގޮތުން އޭނާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ، އެ ދުވަހުގެ ހަވީރު، ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވި މީހާއަށެވެ. އެއީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ޓްރީޓޮޕް ހޮސްޕިޓަލުގައި އެ މީހާއަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާގެ ފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުން އާދަމް ޒަޔާން މުޙައްމަދު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން