މިއަދު އިންޑިޔާގެ ޔޫނިއަން ޓެރިޓަރީއެއް ކަމުގައިވާ ލަކްޝަދީބްގެ ރަށްތަކުގެ ތެރޭގައި ހިމެނޭ މަލިކަކީ ތާރީޚުގެ ތެރެއިން އެކި ޒަމާންތަކުގައި ދިވެހިރާއްޖޭގެ ދަށުގައި އޮތްކަން ހެތްކާއި ގަރީނާތަކުން ސާބިތުވާ ރަށެކެވެ. އަދި 1956 އާ ޖެހެންދެން ދިވެހިރާއްޖެއާ ދަތުރުފަތުރާއި އަވަށްޓެރިކަމާއި އެއްބައެއްވަންތަކަމުގެ ސަބަބުން ގުޅިލާމެހިފައި އޮތް ރަށެކެވެ. މަލިކުގެ ކޮންމެ ކަމަކަށް ބަލާލިއަސް ފެންނަނީ ދިވެހިވަންތަ ސިފައެވެ. މިގޮތުން މަލިކުގެ ގޯތިގެދޮރަށް ކިޔާ ނަންނަމުން ވެސް އެކަން ފެނިގެންދެއެވެ.
އިހުގައި ދިވެހިރާއްޖޭގައި ވެސް ކޮންމެ ގެޔަކީ ވަކި ޚާއްޞަ ސަގާފީ ނަމެއް ކިޔަމުން އައި ގެތަކެކެވެ. އެއީ އެޑުރެހެއްގެ ގޮތުގައި ބޭނުންކުރި ނަންތަކަކަށްވުރެ ބޮޑަށް އާއިލީ ނަންތަކެކެވެ. އަދި ތާރީޚީ ނަންތަކެއް ވެސްމެއެވެ. އެއީ އެ ރަށަކާއި އެ އާއިލާއަކާ ގުޅުން ހުރި ތާރީޚެވެ. މިއަދު ވެސް ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގައި ގޯތިގެދޮރަށް އެފަދައިން އިހުއްސުރެ ބޭނުންކުރަމުން އައި އާއިލީ ސަގާފީ ނަންތައް ބޭނުންކުރަމުން އެބަދޭމެއެވެ. ނަމަވެސް 1940 ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ ގޯތިގެދޮރު ރަޖިސްޓަރީކޮށް ކޮންމެ ގެއަކަށް ރަސްމީ ނަމެއް ދިން މަރުހަލާއެއްގައި ވަރަށް ގިނަ މީހުން އިހުގެ ސަގާފީ ނަންނަމުގެ ބަދަލުގައި ޒަމާނީ އާ ނަންނަން ކިޔަން ފެށިއެވެ. އަދި ސަގާފީ ތާރީޚީ ނަން ދޫކުރަން ބޭނުންނުވާ ހާލުގައި، ވެސް އެއް ރަށެއްގައި އެއް ނަމެއް ކިޔާ ދެ ގެ ހުރެގެން އެއް ގޭގެ ނަން ބަދަލުކުރަން ވެސް ޖެހިފައި އެބަހުއްޓެވެ. ނަންނަން ރަޖިސްޓަރީކުރި ދުވަސްވަރު ގޯތީގެ އަސްލު ސަގާފީ ނަމުގައި ރަޖިސްޓަރީކުރީ ވަރަށް މަދު ބައެކެވެ. މިގޮތަށް ރަޖިސްޓަރީ ހެދިއިރު ބައެއް ރަށްރަށުގައި ވެރިންނަށް ތިބި ބަޔަކު ބޭނުން ގޮތަކަށް ގޭގެޔަށް ނަން ކިޔާފައި ވެސް އެބަހުއްޓެވެ.
މިއަދު އަޅުގަނޑުމެންގެ ޕާސްޕޯޓްތަކުގައި "ސަރނޭމް" ނެތިގެން ބައެއް ގައުމުތަކުގެ އިމިގްރޭޝަނުން އަޅުގަނޑުމެންނާ ސުވާލުކޮށް ހަދައެވެ. ހަގީގަތަކީ އަޅުގަނޑުމެންގެ ވެސް "ސަރނޭމް" ހުއްޓެވެ. ސަގާފަތް އެއް ފަރާތްކޮށްލީމާ ގެއްލިގެން ދިޔައީއެވެ. މިހާރުވެސް ރަށްރަށުގައި އާއްމު އުސޫލަކުން މީހެއްގެ ނަން ކިޔާއިރު ކިޔަނީ އެމީހެއްގެ "މައިފުނަގޭގެ" ނަން ލާފައެވެ. އާދެ އެމީހެއްގެ އާއިލީ ގޭގެ ނަން ލާފައެވެ. ބީރައްޓެހި ރަށްރަށުގެ މީހުންގެ ނަން އެމީހާކު ނިސްބަތްވާ ރަށެއްގެ ނަމާއެކު ކިޔަސް ރަށުގެ މީހާގެ ނަން ކިޔަނީ މިދެންނެވި ގޮތަށް ގޭގެ ނަން ލާފައެވެ. މިގޮތުން މީހުންނަށް ނަން ކިޔުމުގައި އަތިރީގޭ މުޙައްމަދު ދީދީ، އެއްގަމުގޭ އިބްރާހީމް ދީދީ، ވެލާނާގެ އިބްރާހީމް ދީދީ، މުދިންގޭ ފާތުމާފުޅު، ގެވަޑިގޭ ސައީދު، ރެކިބިޔާގެ ލަތީފު ފަދަ ނަންތައް ދިވެހީން ކިޔައިއުޅުނެވެ.
ދިވެހިރާއްޖޭގައި އިހުގައި ގޯތިގެދޮރަށް އެކި ގޮތްގޮތަށް ނަން ކިޔާފައި އެބަހުއްޓެވެ. މިގޮތުން އެގެއެއް އިމާރާތްކުރި މީހެއްގެ ނަމުން، ނުވަތަ އިމާރާތްކުރި މީހާ އަސްލު ނިސްބަތްވާ ރަށުގެ ނަމުން، ނުވަތަ އެމީހެއްގެ މަގާމުގެ ނަމުން، ނުވަތަ އެގެއެއް ހުރި ތަނެއްގައި ހުރި އެއްޗެއް ނުވަތަ ތަނަކަށް ނިސްބަތްކޮށްފައި ނަންނަން ކިޔާފައި އެބަހުއްޓެވެ. މަލިކުގައި ވެސް ގޯތިގެދޮރަށް ނަން ކިޔާފައިހުރީ ހަމަ އެގޮތްގޮތަށެވެ.
މަލިކުގައި ވަރަށް ގިނަ ގޭގެއަށް އެގޭގެ ވެރިފަރާތް ނުވަތަ ބިނާކުރި މީހެއްގެ ނަމުން ނަން ކިޔާފައި އެބަހުއްޓެވެ. މިގޮތަށް ނަން ކިޔާފައިހުރި ބައެއް ގޭގޭގެ މިސާލަކީ: ހައްވަމޯގެ، ހަަަސަންބޭބެގޯތި، ހަސަން މަނިކުފާނު ގަނޑުވަރު، ހުސެންބާވަގޯތި، ޅަކޮއިގޯތި، ކައުނިފާތުމަގެ، ކިލައުފާތުމަގެ، ކަޅުބާވަގެ، ކަރާއަލިކާގެ، ކޯއްޓެހަސަންކާގޯތި، ކޯއްޓެއިބްރާހިމްގޯތި، ކަނބިލޯގެ، ކޮރުހާޖިގެ، ކަލިފަބޭބެގޯތި، ކުޑަހާޖިގެ، ކުޑަހާޖިގޯތި، ކުޑަކަތްދާތަގެ، ކަތްދަމަންޖަގެ، ކަލީލުގޯތި، ކަޅުދާތަގޯތި، ކުޑަމަންޖަގެ، ކަތްދައިފާނުންގެ، ކާސިންކާގޯތި، ކުޑަގޮއްޔަގޯތި، ކަޅުހައްވަގޯތި، ކޯޑިހަސަންގޯތި، އައުވަޅުކަތްދާތަގެ، އައުކޯޑިމޫސަކާގެ، އީދުއިބްރާހިމްގޯތި، އިބްރާހިމްބާވަގެ، އާމިންދާތަގެ، އަލިމާލިމީގޯތި، އައުބުކަރުގޯތި، އަބްދުއްލަގެ، އަލިހާޖިގޯތި، އައުކޮހޮރަތު މަނިކަގެ، އެދުރުމަންޖަގޯތި، އަލިބޭބެގެ، ވަލުގޭ ހަސަންކާގެ، މޫސަބާވަގޯތި، މާލުހުސެންގެ، މަރިޔަންބިގެ، މާލިންބޭބެގޯތި، މޫސަކާގޯތި، މޫސަހާޖިގޯތި، ފައިބުރިކާގޭ، ދޮންއަލިކާގޯތި، ދޮންހަސަންބާވަގެ، ދޮންކަތްދާތަގެ، ދާތިފާނުންގޯތި، ދޮންދާތަގެ، ދޮންމަންޖަގެ، ދާތިފާނުންގެ، ދޮންމާލިމީގެ، ދޮންކަނބިލޯގެ، ދޮންހަސަންހާޖިގޯތި، ދޮންހައްވަގޯތި، ދޮންކާފޯގޯތި، ތުއްބިގެ، ތުއްދާތަގެ، ތުއްދިޔަގޯތި، ތުއްބޭބެގޯތި، ލަވައަލިކާގެ، ގަނޑީގޭ ފާތުމަގެ އަދި ގަނޑިއާލިކާގޯއްޗެވެ.
އިސްވެ ބަޔާންކުރެވުނު ނަންނަމަށް ބަލާއިރު ވަރަށް ގިނަ "ކާ" ގެތަކެއްގެ ވާހަކަ އެބައާދެއެވެ. އާއްމު ދިވެހީންގެ ނަޒަރުގައި އެއީ ކެއުމާ ގުޅުން ހުރި ކަމަކަށްވެދާނެތީ އޭގެ އަސްލު ބަޔާންކޮށްލާނަމެވެ. މަލިކު މީހުންނަކީ އިހުގައި ދިވެހިރާއްޖޭގެ ރަށްރަށުގައި އޮތް ފަދައިން މީހުން ނިސްބަތްވާ ގިންތިތަކެއް އޮތް ރަށެކެވެ. އެ ގިންތިތަކުގެ އަހުލުވެރިން ބޭބެ ދައްތަ ފަދަ ތިމާގެކަމުގެ ނަންތައް ކިޔުމުގައި ވެސް ފަރަގުތަކެއް ގެންގުޅެއެވެ. މިގޮތުން އެރަށުގެ ބޮޑުން، އެބަހީ "މަނިކުފާނު/މަނިކަ" ދަރަޖައިގެ މީހުން ބޭބެ/ދައްތަ އަށް ކިޔަނީ "ބޭފާނު/ތާދަ" އެވެ. އެއާޖެހިގެން ދަށަށް ތިބޭ ނިޔަމީން، އެބަހީ "ތަކުރުފާނު/ބީފާނު" ދަރަޖައިގެ މީހުން ކިޔަނީ "ބޭބެ/ދާތިފާނު" އެވެ. އަދި އޭގެ ދަށަށް ތިބޭ މެދުކެނބީން، އެބަހީ "ތަކުރު/ބީ"، މި ދަރަޖައިގެ މީހުންނާއި ރާވެރީންގެ މީހުން ބޭބެ/ދައްތަ އަށް ކިޔަނީ "ކާކަ/ދާތަ" އެވެ. ބޭބެއަށް ނަމާ ގުޅުވައިގެން ބޭ ކިޔާ އުސޫލުން ކާކައަށް ނަމާ ގުޅުވައިގެން ކާ ކިޔަނީއެވެ. އެ ނަންނަމުން އެފެންނަ ކާ އަކީ އެއީއެވެ. ލަވައަލިކާއަކީ ލަވައަލިބެއެވެ. ހަސަންކާއަކީ ހަސަންބެއެވެ. އެ ނންތަކުން އެފެންނަ "ބާވަ" އަކީ ވެސް އެފަދަ ނަމެކެވެ. އެއީ މަލިކުގެ އާދައިގެ ދަރަޖައިގެ މީހުން ބައްޕަފަރާތު ބޮޑުބޭބެއަށް ކިޔާ ނަމެވެ.
މަލިކު ގޭގެޔަށް ނަންކިޔާފައި ހުރި ގޮތްގޮތަށް ބަލާއިރު މަލިކުން ބޭރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ގެތަކެއް ހުރިކަން ވެސް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިރާއްޖޭގެ އެކި ރަށްރަށުގެ ނަންނަމުން ނަން ކިޔާފައިވާ ގެތަކެވެ. މީގެ އިތުރުން ރާއްޖެ ފިޔަވައި މަލިކާ އެންމެ ކައިރި އަދި އެންމެ ބޮޑު ގުޅުމެއް އޮތް ހޮޅިކަރައަށް ނިސްބަތްވާ ނުވަތަ ނިސްބަތްކޮށްފައިވާ ގެތައް ވެސް ކޮންމެވެސް ވަރަަކަށް އެބަހުއްޓެވެ. މީގެ އިތުރު އޮޅުދޫކަރައިގެ ނަމުން ނަން ކިޔޭ ގޯއްޗެއް ވެސް އެބަހުއްޓެވެ. ހަމައެހެންމެ ސުއްކަތުރާއަށް ނިސްބަތްވާ ގެއެއްވެސް އެބަހުއްޓެވެ. މި ގެތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ރަށްރަށަށް ނުވަތަ ދިވެހިރާއްޖެއަށް ނިސްބަތްވާ ގެތަކަކީ ކެލާގެ، ކެލާ ކަތްދާތަގޯތި، ކެލާ އަލިކާގެ، ދިވެހިފާންދަގެ، ފައިނުގެ، ގިރާވަޅުގެ (އަސްލަކީ ގިރާވަރު ކަމަށް ބެލެވޭ)، ވަށަފަރުގޯތި، ފެންފުށިގެ، ގޮއިދުގޯތި، އިހަވަންދުގޯތި، މުރައިދުގަނޑުވަރު، ދިއްދުގެ، ތަކަންދުގޯތި، އައްޑުގެ، އައްޑުގޯތި، ފީވައްގޯތި، މާރަންދުގޯތި، ފޮއްދުގޯތި، ކަނޑޫދުގެ ދިވެހިގަނޑުވަރު އަދި މާލެގެ ހިމެނެއެވެ. އޮޅުދޫކަރައަށް ނިސްބަތްކޮށްފައި ކިޔާ ގޯއްޗަކީ އޮޅުދުގޯއްޗެވެ.
ހޮޅިކަރައަށް ނިސްބަތްވާ ގެތަކުގެ ތެރޭގައި ހޮޅިއާމިނަގެ، ހޮޅިމަންޖަގެ، ހޮޅިއައިސަމަންޖަގޯތި، ހޮޅިތިއްތިގެ އަދި ހޮޅިދާތަގޯތި ހިމެނެއެވެ. ހޮޅި ގޯތިތަކަށް ބަލާއިރު ފާހަގަކޮށްލެވެނީ ހޮޅިއާ ގުޅުވާފައި އޮތީ ހުސް އަންހެން ނަންތަކެއް ކަމެވެ. ފަހަރެއްގައި ހޮޅިކަރައަށް ނިސްބަތްވާ އެއް އައުލާދަކުން އުފެދުނު ނަންތަކަކަށް ވެސް ވެދާނެއެވެ. ދިވެހިރާއްޖޭގެ ރަށްރަށުގައި ވެސް ހޮޅި ކިޔާފައި ކިޔާ އާއިލާތައް އުޅެއެވެ. މިގޮތުން އަޅުގަނޑުގެ މަންމަގެ މާމައަކީ މާލޭ ހޮޅިގޭ އާމިނާފުޅެވެ. މަލިކުގައި ހުރި ދިވެހިރާއްޖެއަށް ނުވަތަ ދިވެހިރާއްޖޭގެ ރަށްރަށަށް ނިސްބަތްވާ ގެތަކުގެ އަސްލު ވެރިންނަކީ ދިވެހިރާއްޖޭގެ އެ ރަށްރަށަށް ނިސްބަތްވާ ބަޔަކަށްވުމަކީ ވެސް ގާތްކަމެކެވެ. އެހެނީ ދިވެހިރާއްޖޭގެ ރަށްރަށުގައި ވެސް އެގޮތަށް ނަން ކިޔާފައި ހުރުމުންނެވެ.
މަލިކުގެ ގޯތިގެދޮރަށް ކިޔާފައި ހުރި ނަންތަކުގެ ތެރޭގައި އެގެއެއް ނިސްބަތް އެގޭގެ ވެރިމީހާ އަދާކުރި މަގާމަކަށް ނުވަތަ ކުރި މަސައްކަތަކަށް ނިސްބަތްކޮށްފައި ވެސް ގެއަށް ނަންކިޔާފައި އެބަހުއްޓެވެ. މިގޮތުން ފާހަގަކޮށްލެވޭ ނަންތަކުގެ ތެރޭގައި މަލިމަގެ، މަލިމަގޯތި، ނައިބުގެ، އެދުރުގެ، ކަތީބުގޯތި، މާވަޑިގެ، މުދިންބޭބެގޯތި، މުރީދުގޯތި، ކަނބުރުގެ، ދޭވާނިގޯތި، ދޭވާނިކާގޯތި، މަލިންގެ، މާވަޑިގޯތި، ނެވިގެ، ތިރޭރުގެ، ތިރޭރުގޯތި، އަތްކަންގޯތި، މާވަޑިކާގޯތި، ވަޑިކާގޯތި، ކަނަކުފުޅޭގެ، އެދުރުގޯތި، ނެވިބޭބެގޯތި، ކަތީބުކާގޯތި، ވެރިކާގޯތި، އެދުރުކާގެ، ދަންޑަހިލުގޯތި އަދި މުދިންގެ ހިމެނެއެވެ. މިއީ ހަމަ ދިވެހިރާއްޖޭގެ ރަށްރަށުގައި އާއްމުކޮށް ހުރި ގެތަކެވެ. ފާހަގަކޮށްލެވޭ ކަމަކީ މިނަންނަމަކީ ހުސް ފިރިހެނުންގެ މަގާމުތަކާއި މަސައްކަތްތަކާ ގުޅުންހުރި ނަންތަކެއް ކަމެވެ. މީގެ ތެރެއިން ބައެއް ގޯތިތަކަށް "ކާ" ކިޔޭ ގޮތް ކުރިން ބުނެވި ހިނގައްޖެއެވެ.
މަލިކުގައި ގޯތިތަކަށް ކިޔާފައިވާ ނަންތަކަށް ބަލާއިރު ދެން ފާހަގަކޮށްލެވެނީ އެގެއެއް ހުރި ތަނަކަށް ނުވަތަ ސަރަހައްދަކަށް ނިސްބަތްކޮށްފައި ނަންކިޔުމެވެ. އެއީ ކުންނެއް (މަލިކުގައި ހުރި އުސްގަނޑުތަައް)، މިސްކިތެއް، ބޮޑުވަޅެއް (ވެވެއް)، ވަލެއް، ގަހެއް، ސްކޫލެއް ނުވަތަ އެފަދަ އެނޫންވެސް ތަނެއްގެ ދޮށުގައި ނުވަތަ އެފަދަ ތަނެއްގައި ހުރި ގޭގެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ގެތަކުގެ ތެރޭގައި ފުނާގަސްދަށުގެ، ކަނދުވަލުދޮރުގެ، މަހަނަކޮޅުގެ، މައިދާންދޮރުގެ، އޮޑިވަޅުމައްތިގެ، ވަޅުދޮރުގެ، ވަލުގެ، އަޑިގަނޑުގެ، އައުވަޅުދޮރުގެ، ބުދުކޮލުގެ، އީސަކުންނުގެ، ހުއިފަލުގެ، ކިލައުގަނޑުގޯތި، ކުންނުފާލިގެ، ކުންނުމައްތިގެ، ކުންނުމައްތިގޯތި، މައުވަލުގެ، ވަލުގޯތި، ފަހުރުގަންދަށުގެ، ކުންނުގޯތި، އައުވަޅުގެ، ބޮޑުވަޅުގޯތި، ކަނދުގަސްދަށުގެ، ކޮޅުގެގެ، ކުޑަކުންނުގެ، ދޮންކުންނުގެ، ލޭނުމަގުގެ، މައުގަސްދަށުގޯތި، މެދުވަޅުދޮރުގެ، މިސްކުތްދޮރުގެ، އޮޅެތެރެގޯތި، ތަށިކުންނުމައްތިގެ، ތަށިކުންނުގެ، ތިލަވަޅުގެ، ވަޅުމައްތިގެ، ވަށާނގެދޮށުގެ، ދޮންކުންނުގަނޑުވަރު، ކަޅުކުންނުގެ، މަގުމައްތިގެ، ރަށްމެދުގޯތި، ރަށްމެދުގެ، ރަށްމެދު ގަނޑުވަރު، ބޮޑުވަޅުގޯތި، ބާގަވަޅުގެ، ހުދުވެލިކުންނުގެ، ކުންނުމަގުގެ، ބޮޑުވަޅުގަނޑުވަރު، ޖެޓިދޮރުގެ، އިސްކޯލުދޮރުގެ، ސޮސައިޓިދޮރުގެ، އޮޑިވަޅުގަނޑުވަރު، އޮޑިވަޅުގެ، އިސްކޯލުވަޅުދޮރުގެ އަދި ޗާރުބައްތިދޮރުގެ ހިމެނެއެވެ. މިއީ ދިވެހިރާއްޖޭގެ ރަށްރަށުގައި ވެސް މިފަދަ ނަންނަން ކިޔޭ ގޮތެވެ.
މަލިކުގެ ގޯތިގެދޮރަށް ކިޔާ ނަންނަމުގެ ތެރޭގައި ވަރަށް ގިނަ ގަނޑުވަރު ހުރިކަން ފާހަގަކޮށްލެވެއެވެ. މަލިކުގެ ގަނޑުވަރުތަކަކީ މަލިކުގެ ބޮޑުންގެ ބައެއް އާއިލާތަކަށް ނިސްބަތްވާ ގަނޑުވަރުތަކެވެ. އެއީ ދިވެހިރާއްޖެއިން މަލިކަށް ވަޑައިގަތް ކަމަށް ބުނެވޭ ދިވެހި ރަސްދަރިކަނބަލެއް ކަމަށްވާ ކަނބޯރަނިންގެ ދަރިކޮޅުން އުފެދުނު މަނިކުފާނު ދަރަޖައިގެ ބޮޑުންނެވެ. މީގެ އިތުރުން މަލިކުގެ ގަނޑުވަރުތަކުގެ ތެރެއިން އެއް ގަނޑުވަރަކީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގެ ދުވަސްވަރު އުތީމު ބޮޑުތަކުރުފާނާއި ބޮޑުތަކުރުފާނުގެ އާއިލާއަށް މަލިކު ރައްޔިތުން އަޅައިދިން "ދިވެހިގަނޑުވަރެވެ." މިއަދު ދިވެހިގަނޑުވަރުގައި ތިބީ ހުރާ ރަސްދަރިކޮޅުގެ ކަކާގޭ ޢަބްދުﷲ ދީދީ (ޢަބްދުﷲ ފާށަނާ ކިލެގެފާނު) ގެ ދަރިކޮޅުގެ ބޭފުޅުންނެވެ. ދިވެހިގަނޑުވަރުގެ އިތުރުން މަލިކުގައި ހުރި ގަނޑުވަރުތަކުގެ ތެރޭގައި ދިހަމައްތިގަނޑުވަރު، މުރައިދުގަނޑުވަރު، އަލޫޑިގަނޑުވަރު، ބޮޑުގަނޑުވަރު، ދޮންކުންނުގަނޑުވަރު، ލޭންދުރަންގަނޑުވަރު، ތުއްކަތުރާގަނޑުވަރު، ބޮޑުވައުގަނޑުވަރު، ކެހިގަނޑުވަރު، ހަސަން މަނިކުފާނު ގަނޑުވަރު، ރަށްމެދުގަނޑުވަރު، އައުގަނޑުވަރު، މައުޖެހިގަނޑުވަރު އަދި ބޮޑުވަޅުގަނޑުވަރު ހިމެނެއެވެ.
ދިވެހިރާއްޖޭގެ ރަށްރަށުގައި ވެސް އިހުގައި ގަނޑުވަރު ކިޔާފައި ހުރި ރަސްދަރިކޮޅުކޮޅަށް ނިސްބަތްވާ ގެތަކެއް ހުއްޓެވެ. އެންމެ ގިނައިން ހުރީ މާލޭގައެވެ. 1940 ގެ އަހަރުތަކުގައި ދިވެހިރާއްޖޭގައި ރަސްކަމުގެ ބޮޑުގަނޑުވަރު ފިޔަވައި އިތުރު ތަނަކަށް ގަނޑުވަރު ކިޔުން މަނާކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ހުރިހާ ގަނޑުވަރެއް ގޭގެޔަށް ބަދަލުވިއެވެ. މިސާލެއްގެ ގޮތުން އެސްޖެހިގަނޑުވަރު އެސްޖެހިގެއަށް، މާޖެހިގަނޑުވަރު މާޖެހިގެއަށް މާވާކިލެގެފާނު ގަނޑުވަރު މާވާގެއަށް ބަދަލުވިއެވެ.
މިއަދު ދިވެހިރާއްޖޭގެ ރަށްރަށުގައި ގިނައިން ހުރީ މާމެލާމެލީގެ ނަންތަކާއި ބިދޭސީ، ޚާއްޞަކޮށް އިނގިރޭސި ބަހުން ކިޔާފައި ހުރި ނަންތަކެވެ. އިހުގެ ދިވެހިވަންތަ ނަންނަން އަދި ތާރީޚީ ނަންނަން އަންނަނީ މަދުވަމުންނެވެ. ނެތުމުންނެވެ. މަލިކުގައި ވެސް މިފަހުން ހެދޭ ގެތަކަށް ދެވޭ ނަންނަމުން ބިދޭސީ އަސަރު ފާޅުވެއެވެ. އޭގެ ތެރޭގައި ބޮޑަށް ހުރީ އިންޑިޔާގެ މައިކަރައިގެ އަސަރެވެ. އެހެންނަމަވެސް އެއީ ނިސްބަތުން ވަރަށް މަދު ނަންތަކެކެވެ. އެފަދަ ނަންތަކުގެ ތެރޭގައި މުހުސީނާ ނިވާސް، ނިއުމަތް ނިވާސް، އަކްދާސް މަހަލް، އަކީދާ ނިވާސް، އަރްސިފް ނިވާސް، ޗާންދްނީ ނިވާސް، ފަޒީލަތު ނިވާސް، މަދީނާ ނިވާސް، މުހައްބަތު ނިވާސް، ރަމްސާނާ ނިވާސް، ސަފަރް މަހަލް، ސުންދަރް ނިވާސް، ހަފީސް ނިވާސް، ކައިމް ހައުސް، އަފްރާ ކޯމްޕްލެކްސް، ބަރްކާ ނިވާސް، ދިލްކަޝް މަހަލް، ފަކްޝާނާ މަހަލް، ސާއިދާ މަންޒިލް، ސާޔާސް، ޝާޖީ މަންޒިލް، ގުލްދަސްތާ، އާސިޔާނާ، ލަވާ ހައުސް، ނާންސާ، ރަހިޔާނާ މަންޒިލް، އަސްތާނާ، ހަމްސަހާރާ މަންޒިލް، އަސްމަތު މަކާން، ހަމީދާ މަހަލް، ބައިތުލް އާއިޝާ، އަލިބާގް، ބިސްމިއްލާ ނިވާސް އަދި މުސްތަފާ ވިލަސް ފަދަ ނަންނަން ފާހަގަކޮށްލެވެއެވެ.
މަލިކުގެ ގިނަ ގޯތިގެދޮރަށް ކިޔާފައިވާ ނަންނަމަކީ ނުހަނު ދިވެހިވަންތަ އަދި އެހާމެ ޝައުގުވެރި ނަންތަކެކެވެ. އެ ނަންތައް އިހު ކިޔަމުން އައި ގޮތަށް ބަދަލެއް ނުގެނެސް ހުރުމުން މަލިކުގެ ތާރީޚާއި ސަގާފަތާއި އަދި ބަސް ދިރާސާކުރާ ބަޔަކަށް އެ ނަންތަކަކީ ނުހަނު ބޭނުންތެރި ނަންތަކެއްކަން ކަށަވަރެވެ. އެ ނަންތަކުން ދިވެހިރާއްޖެއާ މަލިކާ ދެމެދުގައި ހުރި ގުޅުން ވަރަށް ރީއްޗަށް ބަޔާންކޮށްދެއެވެ. ދިވެހިރާއްޖޭގެ ރަށްރަށުގެ ގޯތިގެދޮރަށް ކިޔާފައި ހުރި ދިވެހި، ތާރީޚީ ނަންތައް އުވާލުމުން އެގޯތިތަކާއި އެރަށްރަށުގެ ތާރީޚުން ވަރަށް ބޮޑު އެއްޗެއް ވަނީ ގެއްލިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު