މާލޭގެ ގެއަކުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ މި މީހާ އަތުލައިގެންފައިވަނީ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ތިޖޫރީއެއް ވަަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރޭގެ ވަގުތެއްގައި ހުށަހެޅުމާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއީލް ސާއިފް، 39 އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެގެން ކަމަށެވެ. ތިޖޫރި ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ އެ މީހާ ހައްޔަރުކުރީ މިއަދު ހެނދުނު 11:05 ހާއިރު މާވެޔޮ މަގުން ކަމަށް ފުލުހުން ބުންޏެވެ.
ސާއިފް ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، ތިޖޫރީން އޭނާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ފައިސާ އާއި އެ އިން ބައެއް ފައިސާއިން ގަނެފައިވާ ކަމަށް ބެލެވޭ މޯބައިލް ފޯނެއް ވެސް ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު