މަސްވެރިކަމުގެ ސިނާއަތަށް އެންމެ ގިނަ އިންވެސްޓްމެންޓު ގެނައީ މިދިޔަ އެމްޑީޕީ ސަރުކާރުން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިހެން ވިދާޅުވީ ބޮޑު ކަންނެލި ނުކިރޭތީ ރައްޔިތިންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މެމްބަރުގެ ވާހަކައިގައި ވިދާޅުވީ ހުޅުމާލެ ފަޅުތެރޭގައި 10 މިލިއަަނާއި، 12 މިލިއަނާ ދެމެދުގެ މަސް ނުކިރި އެބަ ހުރި ކަމަށެވެ.
އަދި ރާއްޖެއިން ބޮޑުކަންނެލި އެކްސްޕޯޓު ކުރެވުނު ނިސްބަތް 53 އިންސައްތައަށް ދަށްވެފައިވާއިރު، ކަންނެލީގެ މަސްވެރިކަން ކުރާ އޮޑިފަހަރުގެ އަދަދުވެސް 300 އިން 150 އަށް ދަށްވެފައިވާ ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.
އެހެންކަމުން 120 ޓަނުގެ މަސް ވީހާވެސް އަވަހަށް ކިރޭނެ ގޮތް ހަމަޖެއްސުމަށް މެމްބަރު ވަނީ ގޮވާލައްވާފައެެވެ.
ޝަމްހީދުގެ ވާހަކައިގައި ވިދާޅުވީ މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް ހައްދަވާ، އާންމު މަސްވެރިންނަށް އެ ސޮސައިޓީގައި ބައިވެރިވެ، މިފްކޯގެ ހިއްސާ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.
އަދި ކަންނެލީގެ އަގު 80 ރުފިޔާއަށްވުރެ ދަށް ނުކުރައްވާނެ ކަމަށާއި، މަސްވެރިންނަށް ފަސޭހައިން ލޯނު ނެގޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވައުދުވެވަޑައިގެންފައިވާ ކަމަށް ޝަމްހީދު ފާހަގަ ކުރެއްވިއެވެ.
މެމްބަރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް އެންމެ ގިނަ އިންވެސްޓްމެންޓް ގެނެސް، އެންމެ ގިނަ މަސް ބޭނުނު ދުވަސްވަރަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރު ވެރިކަމުގައި އޮތް ދުވަސްވަރު ކަމަށެވެ.
އަދި މި ސަރުކާރުން އިއުލާން ކުރަމުންދާ ކޮންމެ އިންވެސްޓްމެންޓަކީވެސް އެމްޑީޕީ ސަރުކާރުން ހޯދާފައިވާ ފައިސާއިން ކުރެވޭ އިންވެސްޓްމެންޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު