ބީއެޗްއެމް ޓްރޭޑާސް އިން އަގުހުރި އިނާމްތަކަކާއެކު ޔޭޔޭގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ޔޭޔޭ ސްކޭން އެންޑް ވިން 2025" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ ޖުލައި 1 އިން ސެޕްޓެމްބަރުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޔޭޔޭގެ އޮރިޖިނަލް، ޔޭޔޭގެ ސީރިއަލް އަދި ޔޭޔޭގެ ލެސް ޝުގާ ކޮފީ ބޮޑު ޕެކެޓެއް ގަނެގެން ކަމަށް ބީއެޗްއެމް ޓްރޭޑާސް އިން ވަނީ ބުނެފައެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕެކެޓުގައިވާ ސްޓިކާ ސްކްރެޗް ކޮށްލުމަށްފަހު ސްކޭންކޮށް ފޯނު ނަމްބަރު ޖަހާލައިގެން ކަމަށް ބީއެޗްއެމުން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް އަކަޑް ކަނޑައަޅާފައިވަނީ އީ-ޓްރަކް އެވެ. މި އިނާމް ނަސީބުވެރި ތިން ފަރާތަކަށް ދޭން ވަނީ ނިންމާފައެވެ.
ގްރޭންޑް ޕްރައިޒްގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުނަގައިގެން ހޮވޭ ނަސީބުވެރި ފަރާތްތަކަށްވެސް ތަފާތު އެކިކަހަލަ އަގުހުރި އިނާމްތައް ލިބިގެންދާނެ ކަމަށް ބީއެޗްއެމުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި އެއާފްރަޔަރާ، އިލްކެޓްރިކް ކެޓަލް، ފަހާފޮށި، މިކްސަރު އަދި ރޯޓީ މޭކާ ހިމެނެއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކުވެސް ނަސީބުވެރި ދެ ފަރާތް ހޮވައި އެއިން ކޮންމެ ފަރާތަކަށް ބީއެމްއެލް ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެޗްއެމުން ވަނީ މިދިޔަ އަހަރުވެސް ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް، އަގުހުރި އިނާމްތައް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު