ސިންގަޕޫރުގެ ޓުއަސް ޕޯޓަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.
އެމަނިކުފާނު ސިންގަޕޫރުގެ ޓުއަސް ޕޯޓަށް ޒިޔާރަތް ކުރައްވާފައި ވަނީ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެެރެއިން މިއަދު މެންދުރު އެވެ.
ރައީސް ޓުއަސް ޕޯޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ގުރޫޕް ހެޑް އޮފް ބިޒްނަސް ޑިވެލްޕްމެންޓް، އޮންގ ސޯ ލިއޮން އަދި ޕީ.އެސް.އޭ އިންޓަރނޭސަނަލްގެ ނައިބު ރައީސް (ކޮންޓައިނާ ޑިވިޒަން) ވިލިއަމް ގޮހ އެވެ. އެވެ.
ރައީސް އޮފީހުން ބުނީ ރައީސްއާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް އެ ޕޯޓުން އެތަނުގައި ތަރައްޤީއަށް ކުރެވިފައި ހުރި ކަންކަމާއި، މަސައްކަތްތައް ކުރިށްދާ ގޮތް ޙިއްސާކުރައްވާފައިވާ ކަމަށެވެ.
އަދި ޕޯޓު ބައްލަވާލައްވައި، ޕޯޓު ކޮންޓުރޯލް ސެންޓަރުގައި އޮޓޮމެޓިކް ކާގޯގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ރައީސް ބައްލަވާލައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރައީސް އޮފީހުން ބުނީ 2040 ގައި ސިންގަޕޫރުގެ ޓުއާސް ޕޯޓުގެ މަސައްކަތް ނިމުމާއެކު ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޭޓެޑް ބަނދަރަށް އެތަން ވެގެންދާނެ ކަމަށެވެ.
މި ބަނދަރަކީ މުދާ އުފުލުމަށް ޑިޖިޓަލް ސޮލިއުޝަންތައް ބޭނުންކުރުމަށް މަސައްކަތްކުރާ ބަނދަރެކެވެ.

ކިޔުންތެރިންގެ ހިޔާލު