ޑަަބްލިޔޫއެޗްއޯގެ މައި އިދާރާ
ޑަަބްލިޔޫއެޗްއޯގެ މައި އިދާރާ
ކޮރޯނާވައިރަހުގެ ވެކްސިން ޓެސްޓުކުރުމަށް އެފްރިކާ ބޭނުންކުރަން ބުނެ ހިޔާލުފާޅުކުރި ފްރާންސްގެ ދެ ސައިންސްވެރިން ލަދުވެތިވާންޖެހޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނަމް ގެބްރެޔަސަސް ވިދާޅުވެއްޖެއެވެ.

މިފަދަ ނަސްލީ ތަފާތުކުރުމެއް 21 ވަނަ ގަރުނުގައި ސައިންސްވެރިންގެ ފަރާތުން ފެނުމަކީ ވަރަށް ލަދުވެތި، ދަށުދަރަޖައިގެ އަމަލެއްކަން ފާހަގަކުރައްވާ ޑރ. ޓެޑްރޯސް ވިދާޅުވީ އެއްވެސް ވެކްސިނެއް ޓެސްޓުކުރުމަށް އެފްރިކާ ބޭނުން ނުކުރެވޭނެކަމަށެވެ.

ޑރ. ޓެޑްރޯސް މިހެން ވިދާޅުވެފައިވާއިރު، މި ހިޔާލު ފާޅުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ފްރާންސްގެ ސައިންސްވެރިންގެ ތެރޭގައި ހިމެނޭ ޖީން-ޕޯލް މީރާ މިހާރު ވަނީ އެކަމަށް މާޢާފަށް އެދިފައެވެ.

2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ޗައިނާގެ ވޫހާނުން ފެނުނު ކޯވިޑް-19 މިހާރުވަނީ ދުނިޔޭގެ 185 ގައުމަކަށް ފެތުރިފައެވެ. އަދި މުޅި ދުނިޔެއިން 1,360,233 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 75,961 މީހަކު ވަނީ ބަލީގައި މިދުނިޔެ ދޫކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން