ފުލުހަކު މަގުމަތީގައި--
ފުލުހަކު މަގުމަތީގައި--
މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބަނގުލަދޭޝްގެ ފިރިހެނަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މީހާ ރަހީނުކުރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު ހައެއް ޖެހިއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ ގުޅިގެން އޭނާ ހުރި ތަނަށް ގޮސް ތަނުގެ ތަޅު ހަލާުކުކޮށް އެތަނަށް ވަދެ އެ މީހާ ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާގެ ސިއްހީ ހާލަތު ބެލުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށާއި، އެ މައްސަލަ އިތުރަށް ބަލަމުންދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބަނގުލަދޭޝްގެ ފިރިހެނަކު ސަލާމަތްކޮށްފައި ވާއިރު ފަހަކަށް އައިސް މީހުން ރަހީނުކޮށް އަނިޔާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަނީ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން