އަންނަ އަހަރު ދަސްވެނިވާ ކީރިތި ޤުރުއާން ހިތުދަސް ހާފިޒުންގެ އަދަދު މި އަހަރަށް ވުރެ ދެގުނަ އިތުރު ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއަގައި މިނިސްޓަރ ޝަހީމް ވިދާޅުވީ މި ހަފްތާގައި ވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހާފިޒުންގެ އިމްތިހާނު ކުރިއަށްދާ ކަމަށެވެ.
އެހެންކަމުން އަންނަ އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ދަސްވެނިވާ ހާފިޒުންގެ އަދަދު ދެގުނަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ރެކޯޑްތަކުން ދައްކާގޮތުން، މި ވަގުތު ރާއްޖޭގައި 266 ހާފިޒުން އެބަތިއްބެވެ. އަދި ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއްގައި މި ވަގުތު 1،434 ދަރިވަރުން އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 783 އަންހެނުންނާއި އަ 651 ފިރިހެނުންނެވެ.
ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެންމެ ގިނަ މީހުން ޤުރުއާން ހިތު ދަސްކުރަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގަ އެވެ. އެގޮތުން މާލެ ގޮފީގައި މި ވަގުތު 424 ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން އަންނަ އިރު، ހުޅުމާލޭ ގޮފީގައި 155 ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން ދެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ މީހުން ކިޔަވަމުން އަންނަނީ ޢިލްމު އިންސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑީޒްގައެވެ. އެތަނުގައި 127 ދަރިވަރަކު އަންނަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ.
އަތޮޅުތެރެއަށް ބަލާ އިރު، އެންމެ ގިނަ މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ރ. ކިނޮޅަހުގައި ހިންގާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގަ އެވެ. އެ ގޮފީގައި 80 ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން އަންނަ އިރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ފުވައްމަލަކުގައި ހިންގާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައެވެ. އެއީ 67 ދަރިވަރުންނެވެ.
ހާފިޒުން ދަސްވެނިވުމުމުގެ ރަސްމިއްޔާތު އަލަށް ބޭއްވީ މި އަހަރުއެވެ. އެގޮތުން ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ އެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވާ އިރު، އެ ރަސްމިއްޔާތުގައި 24 ހާފިޒުން ދަސްވެނިވިފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު ވަނީ ހާފިޒުންނަށް ދެމުން އަންނަ އެލަވަންސް މި ޖުލައި މަހުން ފެށިގެން ބޮޑު ކޮށްފައެވެ. މިއާއެކު ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް މިހާރު، މަހަކު 4000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު