ލ. ލިންކު ރޯޑް
ލ. ލިންކު ރޯޑް
ލ. އަތޮޅުގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު އެ ހާދިސާ ހިނގީ ލ. ފޮނަދޫއިން ލ. ގަމަށް ދަތުރުކުރި ސައިކަލެއް ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.

އެ ހާދިސާގައި ދެ މީހުންނަށް ވެސް އެކި އަނިޔާ ލިބިފައިވާ އިރު އެ ދެ މީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައު ފަރުވާ ދެމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ސާފެއް ނުވެއެވެ.

ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން