މިނިސްޓަރ އާދަމް ޝަރީފް
މިނިސްޓަރ އާދަމް ޝަރީފް
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކޮށްފައިވާކަން ލޯކަލް ގަވަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓަރ އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހު ހެދި އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށެވެ.

ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އެގްރިމެންޓު ބާތިލްކުރިއަސް އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެހެން ކުންފުނިތަކުން މިހާރު މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށާއި، އެ ފޯމުތައް އިވެލުއޭޓުކޮށް ދިވެހި ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.



ތާވަލާ އެއްގޮތަށް ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ކުރިއަށް ގޮސްފިނަމަ ދެ އަހަރާ ބައިގެ ތެރޭގައި ކައުންސިލް އިދާރާތައް އިމާރާތްކޮށް ނިމޭނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން