ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ދަރިވަރުންނަށް ބުލީ ކުރުން އިތުރުވަމުންދާތީ ކޮންފެޝަން ޕޭޖުތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސައިބަ ބުލީގެ އަމަލުތައް އިތުރުވަމުންދާ ކަމަށެވެ. އެހެންވެ އެކަން ހުއްޓުވަން ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އަޅަންފަށައިފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ފާއިތުވެދިޔަ ހަފްތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
އަދި އެފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާއި ސައިބާ ކްރައިމް ސެންޓަރު ގުޅިގެން ބަލަމުންދާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެފަދަ މައްސަލަތައް ދުވަހުން ދުވަހަށް ބޮޑުވެ ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް އެކަމުގެ ޝިކާރައަކަށް ވެފައިވާއިރު، އެފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުންކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް އެފަދަ ޕޭޖްތަކުގައި ޝާއިއުކުރަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު