ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު
ރާއްޖެ 2.0 މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ޖަލްސާގައި މެޑަމް ސާޖިދާ ވިދާޅުވީ ރާއްޖެ 2.0 މަޝްރޫއުއާއެކު ރާއްޖެ ޒަމާނީ ޓެކްނޮލޮޖީއާ ލާމެހިގެންދާނީ ވަރަށް އާދަޔާ ހިލާފު ގޮތެއްގައި ކަމަށާއި މި މަޝްރޫއުގައި އެންމެ ފުރަތަމަ ތަރައްގީ ކުރެވޭ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ ހިމެނޭކަން މިހާރު އިއުލާން ކުރެވިފައިވާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ރާއްޖެ 2.0 އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ޞިއްޙީ ދާއިރާއަށް ގެންނަވަން ގަސްދުކުރައްވާ ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް ކަމަށެވެ.

"އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް އުއްމީދީ ފުރުސަތެއް. ރައީސް މުއިއްޒު ދިވެހި ސިއްހީ ދާއިރާ އަށް ގެންނަވަން ގަސްދުކުރައްވާ ވަރަށް ބޮޑު އިންގިލާބީ ބަދަލެއް. މިއީ ދިވެހި ކޮންމެ ރައްޔިތަކަށް އެބޭފުޅެއްގެ ސިއްހަތާއި މެދު އިތުރުވެގެންދާނެ ވަރަށް ބޮޑު އިތުބާރެއް، ލިބޭނެ ވަރަށް ބޮޑު ޔަގީންކަމެއް،" ސާޖިދާ ވިދާޅުވި އެވެ.

ކުޅުދުއްފުށި ހިމެނޭ ސަރަޙައްދުގައި ޞިއްޙީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި ޤައުމެއް ތަރައްޤީ ކުރުމުގައި އެ ޤައުމެއްގެ ޞިއްޙަތު ކިތަންމެހައި ވެސް މުހިއްމު ކަމަށް ސާޖިދާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫޙާނީ ޞިއްޙަތުވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތަކެއްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. އޭގެތެރޭގައި ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް ހިމެނެއެވެ. އެގޮތުން، ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަް ޑޮކްޓަރ އަޙްމަދު އަޝްރަފެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން