ގދ. ތިނަދޫގައި މިދިޔަ މެއި މަހު ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާ ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގީ މެއި 27 ވަނަ ދުވަހު ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން އުމުރުން 31 އަހަރުގެ ދިވެހި އަންހެން މީހާ އަށެވެ.
އަންހެން މީހާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، އިމަޖެންސީގައި މާލެ ގެނެސް ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗް ގައެވެ.
މި ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން މީގެ ކުރިން ފުލުހުން ބުނީ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު، އިންފެކްޝަނެއް އުފެދުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ވެގެން އައިސީޔޫގައި ފަރުވާދެމުންދިޔަ ކަމަށެވެ. އެހެންނަމަވެސް މިއަދުގެ ވަގުތެއްގައި އޭނާ ވަނީ ނިޔާވެފައެވެ.
މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފައިވާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު