އިނގިރޭސިވިލާތާއި ޔޫރަޕުގެ އެއްވެސް ގައުމަކުން ދިވެހި މަސްކުންފުންޏެއް ބްލެކްލިސްޓް ކޮށްފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
"ތޭރަ އޮންލައިން" އިން މިއަދުވަނީ އީޔޫ އާއި ޔޫކޭ އިން ވެސް މިފްކޯ ބްލެކްލިސްޓް ކޮށްފައިވާކަމަށް ބުނެ ހަބަރު ފަތުރާފައެވެ.
އެ ނޫހުން ބުނެފައިވަނީ، އެ ނޫހަށް މައުލޫމާތު ލިބުން ގޮތުގައި ޔޫރަަޕުންނާއި ޔޫކޭއިން މިފްކޯ ބްލެކްލިސްޓުކޮށް ބޭންކޮށްފަައިވަނީ އޮޑިޓަކުން ފެއިލްވެގެން ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް ނޫހުގައި ގެނެސްދީފައެއް ނުވެއެވެ.
އެ ހަބަރާއި ގުޅިގެން ޝިޔާމް މިއަދު އެކްސްގައި ވިދާޅުވީ، އެ ނޫހުގައި އެވަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އެގޮތުން، އީޔޫ އިންވެސް އަދި ޔޫކޭއިން ވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށާއި އޭނާއަށް އެނގިވަޑައިގެންފައިވާ ގޮތުގައި އަންނަ ހަފްތާގައި ވެސް ޔޫކޭގެ މަސްގަންނަ މައި ކުންފުންޏެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އެބަ އަންނަކަމަށެވެ.
ޝިޔާމް ވިދާޅުވީ، މަސްވެރިކަމަކީ ދިވެހީންގެ ލޭނާރުކަމަށާއި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމަށެވެ. އެހެންކަމުން މިފަދަ ސިނާއަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ގައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓަރ ކޮށްގެން ހިންގާ ނޫސް އެޖެންސީއަކުން ހަގީގަތާއި ހިލާފު މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއްގެ ގޮތުގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު