ސިއްހީ ނިޒާމު ކާމިޔާބުކުރެވޭނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއެކު، އެ ހިދުމަތަކީ އިންސާނިއްޔަތަށްޓަކައި ކުރާ ކަމެއްކަމުގައި ދެކިގެންކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިފަދައިން ވިދާޅުވީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ދަތުގެ ކޮންފަރަންސް "ހިނިތުން 2025" ގެ އިފުތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ހިނިތުން 2025" އަކީ، ދަތުގެ ފަރުވާގެ ޚިދުމަތް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ބައިނަލްއަޤުވާމީ ކޮންފަރަންސެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ކޮންފަރަންސުން ހާސިލުކުރެވޭ ކަންކަމުގެ އަލީގައި ދަތުގެ ސިއްޙަތާ ގުޅުންހުރި މޮޑެލްތައް، ބަދަލުވަމުން އަންނަ އާބާދީގެ ބޭނުންތަކަށް އެކަށޭނަ ގޮތަކަށް ބައްޓަންކުރަން ޖެހޭ ކަމަށެވެ.
އަދި ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަން ހޯދުމާއި، ފަންނިއްޔާތާއި އީޖާދުކުރުމުގެ އެހީގައި މެދުކެނޑުމެއް ނެތި އުނގެނެމުންދިއުމާއި، ޚިދުމަތް ހޯދުމަށް ހުރި ފުރުޞަތުތައް އިތުރުކުރުން ފަދަ، ވަށާޖެހޭ ވިސްނުންތައް އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
ޞިއްޙީ ކަންކަމުގައި ދިވެހިންގެ ހޭލުންތެރިކަން އިތުރުވަމުން އައި ނަމަވެސް، ދަތާއި އަނގައިގެ ޞިއްޙަތުގެ ކަންކަމަކީ ނިސްބަތުން ސަމާލުކަން ނުދެވޭ ދާއިރާތަކެއް ކަމުގަ މެޑަމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ ދާއިރާ ކުރިއަރުވަން މަސައްކަތްކުރައްވާ، ކާމިޔާބަށް ވާސިލްވުމަށް ހިއްވަރުކުރެއްވުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.
އަދި އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ޞިއްޙަތައް ރަނގަޅު ކާނާ އިޚުތިޔާރުކުރުމާއި، ޤަވާއިދުން ދަތުގެ ޗެކަޕްތައް ހެދުމަކީ، ދަތުގެ ސިއްޙަތުގެ މުހިންމު ބަހާތައް ކަމުގައިވެސް މެޑަމް ވިދާޅުވިއެވެ.
މެޑަމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކާމިޔާބު ކޮންމެ ސިއްޙީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ޚިދުމަތްތައް ކަމަށެވެ. އެހެންކަމުން ސިއްހީ ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ކިބައިން އެކަމަނާ އެދިވަޑައިގަތީ، މިއަދު ފެށި ކޮންފަރަންސަކީ، ސިއްޙީ ޚިދުމަތުގެ މައިގަނޑު ބައެއްގެ ގޮތުގައި ދަތުގެ ފަރުވާ ބަލައިގަންނާނޭ ފަދަ މުސްތަޤުބަލެއް ބިނާކުރުމަށް، ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅާ މަންސައަކަށް ހެއްދެވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު