ޙައްޖަށް ދިއުމަށް ދެއްކި ފައިސާއިން ޒަކާތް ދައްކަންޖެހޭނީ ޙައްޖު ކޯޕަރޭޝަނުން ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ހާމަކޮށްފިއެވެ.
އެގޮތުން މި މަހުގެ 8 ވަނަ ދުވަހު ފަތުވާ މަޖިލީހުން ފާސްކުރި “މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭ” ފަތުވާ އެ މަޖިލީހުގެ ވެބްސައިޓުގައި މިއަދު ވަނީ އާންމުކޮށްފައެވެ.
ފަތުވާ މަޖިލީހުން މިއަދު ޢާއްމު ކޮށްފައިވާ ފަތުވާގައި ބުނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ނެރުމާ ގުޅޭގޮތުން އެ މަޖިލީހަށް މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި ޙައްޖު ކޯޕަރޭޝަނުން ދެއްވި މަޢުލޫމާތަކަށް ރިޔާއަތްކުރައްވައި އިސްލާމީ ފަތުވާދޭ މަޖިލީހުގެ މެންބަރުން ނިންމަވާފައިވަނީ ޢާންމު ރައްޔިތުން ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަންޖެހޭނީ އެ ކުންފުނިން ކަމަށެވެ.
ފަތުވާ މަޖިލީހުން މިފަދަ ފަތުވާއެއް ނެރެފައިވާއިރު، ޙައްޖަށް ދިއުމަށް ގަސްތުކޮށް، ޙައްޖު ކޯޕަރޭޝަނަށް ގިނަ ބަޔަކު ދަނީ ފައިސާ ޖަމާކުރަމުންނެވެ. އަދި މިވަގުތު 11،000 އަށްވުރެ ގިނަ މީހުން ޙައްޖު ކިއުގައި ތިބިކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދައްކަން ޖެހެއެވެ.
މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9،353.4 ރުފިޔާއެވެ. ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.
ޒަކާތް ނެރުން ވާޖިބުވަނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ ރަނާއި ރިއްސާއި ފައިސާއާއި، ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި، ވިޔަފާރި މުދަލާއި، ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި، ގެރި، ބަކަރިއާއި ޖަމަލެވެ.

ފަތުވާ 32: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭhttps://t.co/74fJNWOuZH
— Supreme Council for Fatwa (@fatwamajlis) July 13, 2025
ފަތުވާ މަޖިލީހުން މިފަދަ ފަތުވާއެއް ނެރެފައިވާއިރު، ޙައްޖަށް ދިއުމަށް ގަސްތުކޮށް، ޙައްޖު ކޯޕަރޭޝަނަށް ގިނަ ބަޔަކު ދަނީ ފައިސާ ޖަމާކުރަމުންނެވެ. އަދި މިވަގުތު 11،000 އަށްވުރެ ގިނަ މީހުން ޙައްޖު ކިއުގައި ތިބިކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދައްކަން ޖެހެއެވެ.
މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9،353.4 ރުފިޔާއެވެ. ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.
ޒަކާތް ނެރުން ވާޖިބުވަނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ ރަނާއި ރިއްސާއި ފައިސާއާއި، ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި، ވިޔަފާރި މުދަލާއި، ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި، ގެރި، ބަކަރިއާއި ޖަމަލެވެ.
ކިޔުންތެރިންގެ ހިޔާލު