އެއާޕޯޓުގެ ނަމުގައި ލޯނުނަގައިގެން އިގުތިސާދަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ކުލަގަދަކޮށް ހުޅުވުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޕޯސްޓެއް ހިއްސާކުރައްވަމުން ޖީއެމްއާރު އަތުން އެއާޕޯޓު އަތުލި މައްސަލައަށް ނިސްބަތް ކުރައްވައި ފައްޔާޒު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމަށާއި، ހިންގުމަށް ދައުލަތުން ހަރަދެއް ކުރަންނުޖެހޭ ގޮތަށް ބަޔަކާ ހަވާލުކޮށްފައި އޮއްވައި ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއަރޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ.
އަދި މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއަރޕޯޓުގެ ނަމުގައި ނެގި ދަރަނިން ކަމަށާއި މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރަތުތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތު ބަންދުވެފައިވާކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަައެވެ.
ފައްޔާރު ވިދާޅުވީ 2014 ވަނަ އަހަރު އެ އެއާޕޯޓު (ޖީއެމްއާރު އަތުން) އަތުނުލިނަމަ އަދި އެ ނެގި ދަރަނިތައް ނުނެގި ނަމަ މިއަދު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ހުންނާނީ 4 މިލިއަނުން މަތީގައި ކަމަށެވެ.
"ރާއްޖޭގެ ޖީޑީޕީ ހުންނާނީ ދެގުނަ މަތީގައި. ވެރިޔަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ. މި ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ, ތިމަން މަނިކުފާނަކީ މާމޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާ. މިއީ 'ފްރަންޓޮނޮމިކްސް' ގެ އިގްތިސާދީ ވިސްނުން." ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.
އޭނާވަނީ އެއާޕޯޓުގެ ޓާމިނަލް ހުޅުވުމުގެ މަސައްކަތާ ގުޅޭގޮތުން ވެސް ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން ފައްޔާޒު ވަނީ އިގްތިސާދަށާއި މުޅި ދައުލަތަށް މި ލިބުނު އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަކީ ކާމިޔާބީއެއްގެ ގޮތުގައި ހަމަ ފާހަގަކުރަންވީތޯ ސުވާލު އުފައްދަވާފައެވެ. އަދި މިއަދު އެއަރޕޯޓު އެކުގައި ނުނިންމައި އެއެއަރޕޯޓު ހުޅުވުމުގެ ނަމުގައި އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްލާއިރު އެ ބޭކާރު ހަރަދަށްވުރެ އެ އެއަރޕޯޓު ހަގީގަތުގައި ވެސް އެކުގައި ނިންމުން މާ މުހިއްމު ނޫންތޯ ވެސް ފައްޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ އެއާޕޯޓު ޖީއެމްއާރަށް ދިނުމެވެ. އެ ނިންމުމުގެ ސަބަބުން ރާއްޖޭގައި ބޮޑެތި މުޒާހަރާތައްކޮށް އެ މުޒާހަރާތައް ހޫނުވެ ވެރިކަން ނިމުމަކަށް ދިޔައެވެ. އެހެންކަމުން ދެން އުފެދުނު ޑރ. މުޙައްމަދު ވަހީދު ޙަސަންގެ ވެރިކަމުގައި އެންމެ އިސްކަމެއްގެ ގޮތުގައި ކުރެއްވި ކަމަކީ ޖީއެމްއާރުއަތުން އެއަރޕޯޓު އަތުލުމުގެ މަސައްކަތެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިން އެއްބަސްވުމުގައި އިތުރު ރަންވޭއެއް އަޅައި ބޮޑު ޓާމިނަލެއް އަޅަން ނެތްކަން ރައީސް ނަޝީދު އޭރު ވަނީ ވިދާޅުވެފައެވެ. އަދި އެއާރޕޯޓަށް ޖީއެމްއާރުން ވުނަކުރި 70 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑެތި ތުހުމަތު ތަކެއް ވެސް ކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމަށާއި، ހިންގުމަށް (ދައުލަތުން ޚަރަދެއް ކުރަންނުޖެހޭ ގޮތަށް) ބަޔަކާ ހަވާލުކޮށްފައި އޮއްވައި ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއަރޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ… https://t.co/PsO1sa64xu
— Fayyaz Ismail (@faya_i) July 16, 2025
ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ އެއާޕޯޓު ޖީއެމްއާރަށް ދިނުމެވެ. އެ ނިންމުމުގެ ސަބަބުން ރާއްޖޭގައި ބޮޑެތި މުޒާހަރާތައްކޮށް އެ މުޒާހަރާތައް ހޫނުވެ ވެރިކަން ނިމުމަކަށް ދިޔައެވެ. އެހެންކަމުން ދެން އުފެދުނު ޑރ. މުޙައްމަދު ވަހީދު ޙަސަންގެ ވެރިކަމުގައި އެންމެ އިސްކަމެއްގެ ގޮތުގައި ކުރެއްވި ކަމަކީ ޖީއެމްއާރުއަތުން އެއަރޕޯޓު އަތުލުމުގެ މަސައްކަތެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިން އެއްބަސްވުމުގައި އިތުރު ރަންވޭއެއް އަޅައި ބޮޑު ޓާމިނަލެއް އަޅަން ނެތްކަން ރައީސް ނަޝީދު އޭރު ވަނީ ވިދާޅުވެފައެވެ. އަދި އެއާރޕޯޓަށް ޖީއެމްއާރުން ވުނަކުރި 70 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑެތި ތުހުމަތު ތަކެއް ވެސް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު