ރާއްޖޭގެ ރިީީީީީތި ރިސޯޓެއް: މާލީ ޕެކޭޖުން ލޯނު ދޭނީ މުވައްޒަފުން ވަކިނުކުރާ ރިސޯޓްތަކަށް
ރާއްޖޭގެ ރިީީީީީތި ރިސޯޓެއް: މާލީ ޕެކޭޖުން ލޯނު ދޭނީ މުވައްޒަފުން ވަކިނުކުރާ ރިސޯޓްތަކަށް
ކޯވިޑް-19 އާއި ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނޯޕޭ ލީވް ނަގަން މަޖުބޫރު ނުކުރާ ފަރާތްތަކަށް ލޯނު ދޭ ގޮތަށް ޝަރުތުކޮށް ކޯވިޑް-19 އިކޮނަމިކް ރިލީފް ޕެކޭޖްގެ ތަފުސީލު ސަރުކާރުން އާންމު ކޮށްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާއި ގުޅިގެން ތަޢާރަފުކުރި މި މާލީ އެހީގެ ޕެކޭޖް މިއަދު ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާއިރު ލޯނު ދިނުމުގައި އެންމެ އިސްކަމެއް ދީފައިވަނީ ދިވެހި މުވައްޒަފުންގެ ވަޒީފާތައް ދެމެހެއްޓުމަށެވެ. މި ޕެކޭޖުން ވާކިންގ ކެޕިޓަލްގެ ގޮތުގައި އެންމެ ގިނަ ވަގެން ރިސޯޓަކަށް ދެނީ 7.71 މިލިއަން ދިވެހި ރުފިޔާއެވެ.

ކޯވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިވުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ރިލީފް ޕެކޭޖުގެ ދަށުން ދޫކުރާ މި ލޯނަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފައި ވެއެވެ..

ރިސޯޓު ތަކަށް މި ލޯނު ދޫކުރުމަށް ތިން ދަރަޖަ އެއް ވަނީ ކަނޑައަލާފައެވެ. މިގޮތުން ފުރަތަމަ ދެ ދަރަޖަ އަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. ތިންވަނަ ދަރަޖަ އަށް ލޯނު ދޫކުރާނީ އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށްކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އިޢުލާންކުރި އުސޫލުގައި ވެއެވެ.

6 ޕަސެންޓް އިންޓަރެސްޓްގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑާއެކު 3 އަހަރުން އަނބުރާ ދައްކާ ގޮތަށް ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނުތަކުގައި ރިސޯޓަކަށް ގިނަވެގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 7.71 މިލިއަން ރުފިޔާއެވެ. އަދި ރިސޯޓްތަކުގައި މުއައްޒަފުން ގެންގުޅޭ ނިސްބަތް 45 އިންސައްތައިގައި ހުރުމާއި، ކުރިޔަށް އޮތް 3 އަހަރުގެ ކޭޝްފްލޯ ޕޮޒިޓިވްކޮށް ހުރި ރިސޯޓުތަކަށް އިސްކަންދޭނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ނެރެފައިވާ އުސޫލުގައި ވެއެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯޕޭ ލީވް ނަގަން މަޖުބޫރު ކުރާ ފަރާތްތަކަށް މި ލޯނު ނުލިބޭނެކަމަށް އެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ސަރުކާރުން އިޢުލާނުކުރި ރިލީފް ޕެކޭޖްގެ ދަށުން 7 ކަމެއް ކުރުމަށް ވަނީ ނިންމާފައެވެ.

މިގޮތުން ވާކިން ކެޕިޓަލް ލޯނާއި، އަމިއްލަ ފަރުދުންނަށް ލޯނު ދޫކުރުމާއި، އޭޕްރީލް އަދި މެއި މަހުގެ ކަރަންޓު ބިލުގެ 40 އިންސައްތަ ސަބްސިޑައިޒް ކޮށްދިނުމާއި، އޭޕްރީލް އަދި މެއި މަހުގެ ފެން ބިލުގެ 30 އިންސައްތަ ސަބްސިޑައިޒް ކޮށްދިނުމާއި، ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އިން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލާއި، އިންޓްރަސްޓް ޕޭމަންޓްތައް ހަމަސް ދުވަހުގެ މުއްދަތަށް ފަސްކޮށްދިނުމަށް ވަނީ ނިންމަވާފައެވެ.

އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިހާތަނަށް ދޫކޮށްފައިހުރި ލޯނުތަކުގެ ދަރަންޏާއި، އިންޓަރެސްޓް ޕޭމަންޓްތައް މިއަހަރުގެ މާރޗް މަހުން ފެށިގެން 6 މަސްދުވަހުގެ މުއްދަތަށް ލަސްކޮށްދިނުމާއި، އެ މުއްދަތުގެ ތެރޭގައި ހުރި ހުރިހާ ލޯނުތަކެއްގެ އިންޓަރެސްޓް ރޭޓު ހަތަރެއް އިންސައްތަ އަށް ކުޑަކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ނޭޝަނަލް ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން މިއަހަރުގެ މާރޗް މަހުން ފެށިގެން ހަމަސް ދުވަހުގެ މުއްދަތަށް ފަސްކޮށްދިނުމާއި، ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް 3 މަސް ދުވަހުގެ މުއްދަތަށް ސަރުކާރުން އެލަވަންސެއް ދިނުން ހިމެނެއެވެ.





ކިޔުންތެރިންގެ ހިޔާލު


6

ބަލާބޮޑު

09-Apr-2020

ތިހަމަ މަހުޖަނުން ނަން ދޭ ލޯން މިހުރިހާ ދުވަހު ރިސޯޓު ހިން ގާގެން ހޯދި ހުރިހާ ރުފިޔާ ކޮބާ ?



ޓްރެންޑިން